March 20, 2026
Advertisement
ހުޅުމާލޭގައި އެކްސިޑެންޓެއް ވެފައި
ހުޅުމާލޭގައި އެކްސިޑެންޓެއް ވެފައި / ސޯޝަލް މީޑިއާ

ލައިންސަންސް ނެތް މީހަކު ދުއްވި ސައިކަލެއްގައި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް!

Mariyam Isaadha
މަރިޔަމް އިސާދާ
Apr 6, 2024, 05:24 PM

ލައިންސަންސް ނެތް މީހަކު ދުއްވި ސައިކަލެއްގައި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިގައިފިއެވެ.

Advertisement

މިކަމާ ގުޅިގެން ފުލުހުން މީޑިޔާތަކާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން އެކްސިޑެންޓު ހިނގީ ބޮޑުތަކުރުފާނު މަގު، ސްޓެލްކޯ ކައިރިން ހުންނަ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑު ކައިރިން ހުޅަނގު އިރަށް ބާރަށް ދުއްވާފައި ދިޔަ ސައިކަލަކާއި ކާރެއް ޖެހިގެން ކަމަށެވެ.

ރޭ ފަތިހުގެ ވަގުތެއްގައި ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ، ކާރު، ދެ ޝެޑް ދޭތެރެއިން ގޯޅިއަޅަން އުޅުމުން ސައިކަލުގައި ޖެހިގެންނެވެ.

ސައިކަލް ދުއްވަން އިން 18 މީހާގެ އަތުގައި އެއްގަމު އިންޖީނުލީ ދުއްވާތަކެތި ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި އެކްސިޑެންޓުގައި، ސައިކަލް ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބި ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންކަމަށް ފުލުހުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved