ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ކޯޓަށް ހުށައަޅާފާވަތާ 10 މަސް ދުވަސް ވަނީ ފާއިތުވެގެން ގޮސްފައިވާއިރު އެންމެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުމެއް ހައި ކޯޓްގައި ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އޭގެފަހުން ހައި ކޯޓް ވަނީ ރިސެސް އަށް ގޮސްފައެވެ، ނަމަވެސް ބައެއް މައްސަލަތަކަށް އިސްކަމެއް ދެއްވައިން ހައި ކޯޓްގައި ކުރިޔަށް ގެންގޮސްފައިވާ ކަމަށްވެއެވެ.
އާ އަހަރު ފެށިގެން އައި އިރުވެސް އެމަނިކުފާނުގެ އިސްތިއުނާފު މައްސަލައާއި މެދު ގޮތެއް ނިންމާފައެއް ނުވެއެވެ.
ރައީސް ޔާމިން ގާނޫނީ އިމުގެ ތެރެއިން މިނިވަންވާން ބޭނުންވާ އެއް ސަބަބަކީ އެމަނިކުފާނަކީ މައުސޫމް ބޭފުޅެއްކަން ރައްޔިތުންނަށް ދައްކުވައި އެމަނިކުފާނުގެ މައްޗައް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން އިއްވީ ހަރާން ހުކުމެއްކަން ބުނެދިނުމަށެވެ.
ޑރ މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވިދާޅުވީ އެމަނިކުފާނު ހޮވިވަޑައިގެންނަވާ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ކޮށްދެއްވާނެ ކަމަށެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މަހެއް ފާއިތުވެގެން ދިޔަ އިރުވެސް ރައީސް ޔާމިން މިނިވަން ކުރައްވާފައިނުވާތާ އެމަނިކުފާނުގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުން ތާވަލް ކުރުމަށް ސަރުކާރުން ބާރުއަޅުއްވާފައިވެސް ނުވެއެވެ.
ވެރިކަމަށް ވަޑައިގަތުމަށްފަހު ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމް މިނިވަންވެފައިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު އެމަނިކުފާނުގެ ފޮޓޯ ޖަހައިން އައި ސަރުކާރަކުން އެމަނިކުފާނުގެ މައްސަލަ އަށް އަހަމިއްޔަތު7 ކަމެއް ނުދެއްވާތިވެ ރައީސް ޔާމީންގެ ގާނޫނީ ޓީމުންނާއި އެމަނިކުފާނަށް ތާއިދު ކުރައްވާ ގިނަ ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުއަމާޒު ކުރައްވަމުންނެވެ.