އައްޑޫ ސިޓީގެ ކަރަންޓް މައްސަލަ އަށް ވަގުތީ ހައްލެ ގެނައުމަށް ޖެނެރޭޓަރެއް ފޮނުވުމުގެ މަސައްކަތް ފެނަކައިން ފަށައިފިއެވެ.
ފެނަކައިން އެ ސިޓީއަށް ޖެނެރޭޓަރެއް ގެންދިއުމުގެ މަސައްކަތް ފަށާފައިވާއިރު، ފެނަކަ އިން ބުނީ އެ ސިޓީގެ ކަރަންޓް މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށް 1 މެގަވޯޓުގެ ޖެނެރޭޓަރ ފޮނުމަށް މިހާރު ލޯޑް ކުރެވިފައިވާ ކަަމަށެވެ.
އައްޑޫ ސިޓީން ކަރަންޓް ކެނޑޭ މައްސަލަ ޖެހޭ އިރު ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ޖެހޭ ކަރެންޓް މައްސަލަ އަށް ހައްލު ގެނެސްދެވޭތޯ ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ދާދި ފަހުން ހދ ކުޅުދުއްފުށި އަދި ވައިކަރަދޫއަށް ވެސް ފެނަކައިން ވަނީ ޖަނެރޭޓަރު ފޯރުކޮށްދީފައެވެ.