އިސްރާއިލްގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހު / ގޫގުލް
ދުނިޔެ
އިޒްރޭލަށް ހަތިޔާރު ފޯރުކޮށް ނުދޭން ގޮވާލައިފި
Mariyam Isaadha
މަރިޔަމް އިސާދާ
07 އޭޕްރީލު 2024

އެމެރިކާއިން އިޒްރޭލަށް ހަތިޔާރު ފޯރުކޮށް ނުދޭން އެމެރިކާގެ ގާނޫނު މަޖިލީހުގެ ކުރީގެ ރައީސް އަދި ޑިމޮކްރެކްޓްސް އަށް ނިސްބަތްވާ ނޭންސީ ޕެލޯނީ، ރައީސް ޖޯ ބައިޑެން އަށް ގޮވާލައްވައިފިއެވެ.

އޭނާ ވިދާޅުވީ އެމެރިކާ އިން އިޒްރޭލަށް ހަތިޔާރު ފޯރުކޮށް ދެމުންދާ ނަމަ އެކަމަކީ އެ ގައުމުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކަށް ދެވޭ އެހީއެއް ކަމަށެވެ. އެހެންވެ އެމެރިކާ އިން އެކަން ހުއްޓައިލަން ޖެހޭ ކަމަށާއި އެމެރިކާ މިކަމުގައި މިހާރު އެންމެ އިސްކޮށް އަދާކުރަންވީ ދައުރަކީ އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ހުއްޓުވަން ބާރު އެޅުން ކަމަށް ޕެލޯސީ ވިދާޅުވި އެވެ.

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ އެންތަނީ ބްލިންކެން އަށް ޕެލޯސީ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އިޒްރޭލުގެ ހަމަލާތަކުގައި މިހާރު އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ވެސް ހަމަލާދީ މަރާލަމުންދާ ކަމަށާއި ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުން ކަމަށެވެ.

"އެހެންވެ މި ހާލަތުގައި އެމެރިކާ އިން ިއޒްރޭލަށް ހަތިޔާރު ފޯރުކޮށް ދިނުމަކީ ދިފާއު ކުރުމަކީ ޖަސްޓިފައި ކުރެވޭނެ ކަމެއް ނޫން." ޕެލޯސީ ވިދާޅުވިއެވެ.

ރައީސް ބައިޑެނަށް އޭނާ މި ގޮވާލެއްވި ގޮވާލެއްވުމަކީ ޑިމޮކްރެޓްސް އިން އިޒްރޭލަށް ވާގި ނުދޭން ގޮވަމުން އަންނަ ގޮވުންކަށް އިތުރުވި ބޮޅަކަށެވެ. މިހާތަނަށް ޑިމޮކްރެޓްސް އަށް ނިސްބަތްވާ 36 ބޭފުޅަކު އެކަމަށް ގޮވާލައްވާފައިވެ އެވެ. އޭގެ ތެރޭގައި ކޮންގްރެސްގެ މެންބަރުންތައް ކަމަށްވާ ބާބަރާ ލީ އާއި ރާޝިދާ ތުލައިބާއި އެލެގްޒެންޑްރިއާ އޮކާސިއޯ-ކޯޓެޒް ފަދަ ބޭފުޅުން ހިމެނެ އެވެ.

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުން ދަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެންނެވެ. މި ހަމަލާތަކަށް ހަ މަސްވެފައިވާއިރު، ފަލަސްތީނުގެ 33،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 70،000 އަށް ވުރެ މީހުން ޒަހަމްވެ، އެތައް މިލިއަން ބަޔަކު ތިބީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved