March 22, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ރައީސް އޮފިސް

ޕާޓީ އުފައްދާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ: ޕީއެންއެފް

Mariyam Isaadha
މަރިޔަމް އިސާދާ
Apr 7, 2024, 08:20 PM
މާލެ ސިޓީ

ޕާޓީ އުފައްދާ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން ހާމަކޮށްފިއެވެ.

Advertisement

ޕީއެންއެފްގެ މީޑިޔާ ގްރޫޕުގައި، އެ ޕާޓީ އުފެއްދެވުމަށް އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލު ހިއްސާކުރެއްވި މެސެޖުގައިވާ ގޮތުގައި ރައީސް ޔާމީން އެ ޕާޓީ އުފެއްދެމަށް ބާއްވާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މީގެ ކުރިން އެ ޕާޓީއިން ހާމަކުރެއްވި ގޮތުގައި، ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމުގެ ހުއްދައަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާނެ ކަމަށެވެ.

ޕީއެންއެފް އުފެއްދުމަށް ބާއްވަންޖެހޭ ހާއްސަ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެމަނިކުފާނު އަދިވެސް ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.

ރައީސް ޔާމީން ކުރި ނުހައްގު ހުކުމްގެ އިސްތިއުނާފް ހުށަހަޅާ ނުނިންމާ ދަނީ ލަސްކުރަމުންނެވެ. އޭގެ ސަބަބުން އެމަނިކުފާނުގެ އެތައް ހައްގުތަކެއް ގެއްލިގެން ދާތީ ގާނޫނީ ޓީމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved