April 28, 2026
Advertisement
ގޮވާމުން ޒަކާތް ބަހަން ފެށުން
ގޮވާމުން ޒަކާތް ބަހަން ފެށުން / އިސްލާމިކް މިނިސްޓްރީ

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަހަން ފަށައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Apr 8, 2024, 06:27 PM
މާލެ ސިޓީ

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަހަން ފަށައިފިއެވެ.

Advertisement

މާލެ ސިޓީގައި, 1445 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ގޮވާމުގެ ބާވަތްތައް ބެހުން ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.

އެގޮތުން ކުރިއަށް އޮތް ދެ ދުވަހު، ޒަކާތް ބަހަމުންދާނީ އަމީނިއްްޔާ ސްކޫލްގެ ހޯލުގައެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެތަކެތި ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ގޮވާމުގެ ބާވަތްތައް ބެހުން ކުރިއަށް ދާނީ މިއަދު ހެނދުނު 11:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ. މާދަމާ ތަކެތި ބެހުން ކުރިއަށް ދާނީ ހެނދުނު 11:00 އިން ހަވީރު 3:30 އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި 4.4 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. ޒަކާތް ދައްކާފައިވާ ބާވަތްތަކުގެ ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނަ މީހުން ޒަކާތް ދައްކާފައިވަނީ ހަނޑުލުގެ ބާވަތްތަކުންނެވެ.

ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved