ޒަކާތް ބަލައިގަންނަނީ / އިސްލާމިކް މިނިސްޓްރީ
ހަބަރު
ފިތުރު ޒަކާތުގެ ގޮތުގައި ކޮންމެ މީހަކަށް 4،500ރ ލިބޭނެ
Hussain Nawaf
ހުސައިން ނަވާފް
29 މާރިޗު 2025

ފިތުރު ޒަކާތް ބަހާ ގޮތަށް ބަދަލެއް ގެނެސް ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް މި އަހަރު 4،500 ރުފިޔާ ލިބޭނެ ކަމަށް ހާމަވެއްޖެއެވެ.

ފިތުރު ޒަކާތް ދައްކާ ގޮތަށް ގެނައި ބަދަލުގެ މަގުސަދަކީ އިޖްތިމާއީ އަދާލަތު ގާއިމުކުރުން ކަމަށާއި، މި ފަހަރު އެއް ހަމައަކުން ޒަކާތް ބެހުމުން، ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް 4،500 ރުފިޔާ ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި އަހަރު އިސްލާމިކް މިނިސްޓްރީން ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 12.4 މިލިއަން ރުފިއާ ބަލައިގަތެވެ. އަދި ރޯދަ މަހުގެ ފަހު ދުވަހުގެ އިރު އޮއްސި 6:00 އާއި ހަމައަށް ބަނޑޭރި ޕޭ އަދި ފަހި ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން މައުލޫމާތު ދެއެވެ.

ގޮވާމުގެ ބާވަތްތައް މާލޭ ސިޓީގައި ބެހުމުގެ މަސައްކަތް އިސްކަންދަރު ސްކޫލުގައި ކުރިއަށްދާނެއެވެ. ގޮވާމުގެ ގޮތުގައި ޒަކާތް ބަހާނީ 15 ކިލޯގްރާމެވެ.

ޒަކާތު ހައުސް އިން ބުނި ގޮތުގައި މިއަދު ގޮވާމުން ޒަކާތް ބަހާނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށެވެ. އަދި މެންދުރުފަހު 1:00 ގައި އަލުން ފަށައި 3:00 އާ ހަމައަށް ވެސް މަސައްކަތް ކުރިއަށް ގެންދާނެއެވެ.

އެގޮތުން ގޮވާމުން ޒަކާތް ބެހުން ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved