މީހަކު ޒަކާތް ދައްކަނީ: / އިސްލާމިކް މިނިސްޓްރީ
ހަބަރު
ޒަކާތުގެ ގޮތުގައި 13.2 މިލިއަން ރުފިޔާ ލިބިއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
30 މާރިޗު 2025
މާލެ ސިޓީ

ޒަކާތުގެ ގޮތުގައި މީގެ ކުރިން ނުލިބޭ މިންވަރަށް ފައިސާ ލިބިފައިވާ ކަމަށް އިސްލާމިކް މިިނިސްޓްރީން ރޭ ބުނެފި އެވެ.

ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 12،594،777ރ. އަދި 2023 ވަނަ އަހަރު 12،691،506ރ. ލިބިފައިވެ އެވެ. ދެހާސް ބާވީސް ވަނަ އަހަރު ޒަކާތަށް ދައްކާފައިވަނީ 11،669،385ރ. އެވެ.

ޝަހީމް ވިދާޅުވީ ޒަކާތް ބަލައިގަތުމުގެ ވަގުތު ހަމަވިިއިރު މުޅި ރާއްޖެއިން 13،264،819ރ. ލިބިފައިވާ ކަމަށެވެ. މިއީ ރެކޯޑު އަދަދެކެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ފަގީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށް 4،500ރ. ދިނުމަށް ވަނީ ނިންމާފަ އެވެ. ފަގީރުންގެ ދަފްތަރުގައި މި އަހަރު ރަޖިސްޓްރީވެފައިތިބީ 2،765 މީހުންނެވެ.

އަދި 5 ލައްކަ ރުފިޔާ ފަލަޞްތީނުގެ ގާޒާގެ ކުޑަކުދިންގެ ކާބޯ ތަކެއްޗަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް ޝަހީމް ރޭ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved