March 8, 2026
Advertisement
ޕީއެންއެފް އުފައްދަން ބޭއްވި ޖަލްސާ
ޕީއެންއެފް އުފައްދަން ބޭއްވި ޖަލްސާ / ސޯޝަލް މީޑިއާ

ރައީސް މުއިއްޒު ހައްދަވާ ދޮގުތައް ފަޅައަރުވާނަން: މަލީހް

Aishath Naja
އައިޝަތު ނަޖާ
Apr 11, 2024, 03:06 AM
މާލެ ސިޓީ

ޕީއެންއެފް ޖަލްސާ ހުއްޓުވުމަށްޓަައި އެތައް މަސައްކަތެއް ކުރެއްވުމަށްފަހު އެކަން ހިނގާދިޔައީ އެމަނިކުފާނަށް ނޭނގިކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިފަދައޕިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މަލީހް ވިދާޅުވީ ދައުލަތުގެ މީޑިޔާ އަށް ރައީސް މުއިއްޒު ދެއްވި އިންޓަވިޔުގައި ހެއްދެވީ ހުސް ދޮގުކަމަށެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ހުރަސް އެޅުމަށްޓަކައި ރައީސް މުއިއްޒު ކުރީބައިގައި ރާވައިގެން އުޅުއްވިކަމަށްވެސް މަލީހް ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ވިދާޅުވާ ގޮތުގައި އެސް އޯ ފުލުހުން ޖަލްސާ ހުއްޓުވި ކަމަކީ ރައީސް މުއިއްޒަށް އެނގިގެން ކުރެއްވިކަމެއް ނޫންކަމަށެވެ.

އެޔަށް ރައްދު ދެއްވަމުން މަލީހް ވިދާޅުވީ ރައީސް މުއިއްޒު އުޅުއްވަނީ ފުލުހުންގެ ބޮލަށް މިކަން ޖަހާލުމަށެވެ.

އެގޮތުން ފުލުހުންގެ އޮޕަރޭޝަނާ ބެހޭގޮތުން ރައީސް މުއިއްޒަށް ނޭނގޭއިރު ފުލުހުން އަމިއްލަ އަމިއްލަ އަށް ކަންކަން ނުކުރައްވާނެކަމަށްވެސް މަލީހް ވަނީ ވިދާޅުވެފައެވެ.

ޖަލްސާ ހުއްޓުވާ ޖަލްސާގެ ބައިވެރިންނަށް އަނިޔާ ކުރީ ރައީސް މުއިއްޒު އަދި ހޯމް ލޭންޑް މިނިސްޓަރ ގެ އިރުޝާދުގެ ދަށުން ކަމަށް ވިދާޅުވެ މަލީހް ވަނީ ފާޑު ވިދާޅުވެފައެެވެ.

އޭގެއިތުރުން ސަރުކާރުގެ ތިން ބޭފުޅަކު ޖަލްސާ ހުއްޓުމަށްޓަކައި މަސައްކަތް ކުރި ކަމުގެ މައުލޫމާތު ލިބުނު ކަމަށްވެސް މަލީހް ފާހަގަކުރެއްވިއެވެ.

ސަރުކާރުން ޖަލްސާ އަށް ނުފޫޒު ފޯރުވިނަމަވެސް ޕާޓީ ވަނީ އިފްތިތާހްކޮށްފައެވެ.

ކޮމެންޓު
ކޮމެންޓްތައު
އަބްދުލް މަޖީދު
Apr 11, 2024, 06:06 AM
މަލީހު އަބަދުވެސްބުނާއެށްޗެއްތީފަޅާއަރުވާނަމޭ މިހާރު4މަސްވެއްޖެ 5 ފަސްއަހަރުނިމޭއިރުވެސް ތިފަޅާލެވޭނެތޯ .މަލީހުމެންދައްކާވާހަކަދިމަލެއްނުވޭ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved