March 20, 2026
Advertisement
އައްޑޫ ސިޓީ
އައްޑޫ ސިޓީ / ގޫގްލް މެޕްސް

އައްޑޫގައި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެއްޖެ

Faina Faiz
ފައިނާ ފާއިޒް
Jan 15, 2024, 07:23 PM
އައްޑޫ ސިޓީ

އާދިއްތަ ދުހަވުގެ ރޭ އައްޑޫ ސިޓީ ފޭދޫގައި ކާރަކާއި ސައިކަލެއް ޖެހި ހިނގައިދިޔަ، ދެ އަންހެނަކަށް އަނިޔާވެއްޖެއެވެ.

Advertisement

އެކްސަގައި ކުރި ޕޯސްޓެއްގައި ފުލުހުން ވިދާޅުވީ ސައިކަލަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެއްގޮތަށް ރަޖިސްޓްރީކޮށްގެން ދުއްވާ އުޅަނދުތަކެއް ކަމަށާއި، އަދި މި ދެ އުޅަނދުވެސް ދުއްވާފައި ވަނީ އެ ކެޓެގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހުން ކަމަށެވެ.

މީގެ އިތުރުން މި އެކްސިޑެންޓޫ ހިނގުމުން ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގިތަށް އެކްސިޑެންޓު ހިނގި ސަރަހައްދު ބަލާ ފާސްކުރުމަށް ފަހު، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށްވެސް ފުލުހުން ވަނީ ބުނެފައިއެވެ.

މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކުގެ ބޯފަޅައިގެން ގޮސްފައިވާއިރު، ދެވަަނަ މީހާއަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައިއެވެ. އަދި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން 37 އަހަރުގެ އަންހެން މީހަކާއި 19 އަހަރުގެ އަންހެން މީހެއްކަމަށާއި މި ދެ އަންހެނުންނަށް ވެސް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެވިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައިއެވެ.

ރާއްޖޭގައި ހިނގަމުން އަންނަ އެކްސިޑެންޓުތަކުގެ އަދަދު އިތުރުވަމުން އަންނަ އިރު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަކީ މުހިއްމުކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved