May 3, 2026
Advertisement
ރައީސް މުއިއްޒު ފުލުހުންނާއެކު
ރައީސް މުއިއްޒު ފުލުހުންނާއެކު / ރާއްޖެއެމްވީ

އަތައް ގޮވުމުން، ރައީސް މުއިއްޒު ޕޮލިހުން ކުށްވެރިކޮށްފި

Aishath Naja
އައިޝަތު ނަޖާ
Apr 11, 2024, 08:22 PM
މާލެ ސިޓީ

ޕީއެންއެފްގެ ޖަލްސާ ހުއްޓުވަން އެސްއޯ ފުލުހުން ދިޔަ މައްސަލައިގެ ތަހުގީގު ރިޕޯޓު ރައީސް އޮފީހުން ދިރާސާ ކުރެއްވުމަށްފަހު އެމަނިކުފާނަށް ނޭނގި އެސްއޯ ނެރުނުކަމަށް ބުނެ ފުލުހުންގެ ބޮލުގައި އިލްޒާމް އަޅުވައި މީގެ ފަހުން އެސްއޯ ނެރެވޭނީ ސީޕީގެ ހުއްދައާއެކު ކަމަށް ބުނެފިއެވެ.

Advertisement

ބުދަ ދުވަހުގެ ރޭ ވަރަށް ލަސްވެފައިވަނިކޮށް ހޯމްލޭންޑް މިނިސްޓްރީން ވަނީ ނޫސްބަޔާނެއް ނެރެފައެވެ.

އެގޮތުން އެ ނޫސްބަޔާނުގައި އެއްވެސް ފަރާތަކަށް ފިޔަވަޅު އަޅުއްވާ ވާހަކަ ބުނެފައިނުވެއެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ ސީދާ ހުއްދައާއެކު މެނުވީ ސްޕެޝަލް އޮޕަރޭޝަންސް ފުލުހުން އެއްވެސް މައްސަލައަކަށް ނުނެރެން ފުލުހުންގެ އިދާރާއަށް އަންގާފައިވާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި ޕީއެންއެފް ޖަލްސާ ހުއްޓުވުމަށްޓަކައި އެސްއޯ ފުލުހުން ނެރުނު މައްސަލައާ ގުޅިގެން މައިގަނޑު ފަސް ކަމެއް ކުރުމަށް ހޯމްލޭންޑް މިނިސްޓްރީ މެދުވެރިކޮށް ސަރުކާރުން ފުލުހުންނަށް ވަނީ އަންގާފައެވެ.

  1. އެސްއޯ ފުލުހުން އެންގޭޖްވާންޖެހޭ ހާލަތްތައް އަލުން ކަނޑައަޅައި، އެ ހާލަތްތަކުގައި ވެސް ސީޕީގެ ހުއްދަަ ނަގަންޖެހޭ ގޮތަށް ހެދުން
  2. ފުލުހުންގެ އޮޕަރޭޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް އަލުން ރީސްޓްރަކްޗާ ކުރުން
  3. ޕީއެންއެފްގެ ޖަލްސާއަށް އެސްއޯ ފުލުހުން ނެރުނު ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގުކޮށް، އިހުމާލުވެފައިވާ މީހުންނަށް ފިޔަވަޅު އެޅުން
  4. އޮޕަރޭޝަނަލް ހާލަތްތުގައި މީޑިއާއަށް މައުލޫމާތު ދޭ ގޮތް މުރާޖައުކޮށް، މިހާރަށްވުރެ ދެ ފުށް ފެންނަ ގޮތަށް ހެދުން
  5. ޕީއެންއެފް ޖަލްސާގައި އެސްއޯ ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތް ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން

ޖަލްސާއަށް ނުފޫޒު ފޯރުވީ ސީދާ ރައީސް މުއިއްޒު އަންގަވައިގެން ކަމަށް ގިނަ ފަރާތްތަކުން ބުނަމުން އަންނަނިކޮށް ރައީސް މުއިއްޒު މިވަނީ އެމަނިކުފާނަށް ނޭނގި މިކަން ހިނގި ކަމަށް ބުނެ ފުލުހުންގެ ބޮލުގައި ބޮޑު ތުހުމަތެއް އަޅުވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved