ކޮވިޑުގެ ދުވަަސްވަރު ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ދައުލަތުގެ ދެ ކުންފުންޏަކުން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓަރެސްޓުގެ ގޮތުގައި އަރާފައިވާ ފައިސާ މައާފުކޮށްފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު އެކަން ވަނީ ކުރީ ސަރުކާރުން ކޮށްފައިކަން ހާމަވެއްޖެއެވެ.
އަދުރޭ މަޖިލީހަށް ހޮވުމަށްޓަކައި ބުރާސްފަތި ދުވަހުގެ ރޭ ލ.ފޮނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެސްއެމްއީ ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަދި ހައުސިން ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ދޫކުރި ލޯނުތަކުގެ އިންޓަރެސްޓު މައާފު ކުރުމަށް އެދި ސަރުކާރު ހުޅުވުމުން ހުށަހެޅޭނެ ކަމަށެވެ.
އެސްޑީއެފްސީ މެދުވެރިކޮށް 2،117 ވިޔަފާރިއަކަށް 362.3 މިލިއަން ރުފިޔާގެ ލޯނު ދޫކުރި ކަމަށް ހާމަކުރި ތަފާސްހިސާބުތަކުން ދައްކާއިރު ކޮވިޑުގެ ދުވަސްވަރު ކުދި ވިޔަފާރިތަކަށް ދޫކުރި ލޯނު ވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
އެ ލޯނުތަކުގެ އިންޓްރެސްޓު އެއްކޮށް މައާފްކޮށް، ކުރިން އިންޓްރެސްޓް ދެއްކި މީހުންނަށް އަނބުރާ ފައިސާ ދިނުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞަލިހް ވަނީ ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސް ވަރު އިއުލާންކޮށްފައެވެ.
އެ ވައުދު ފުއްދެވުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ރައީސް ސޯލިހަށް އެޑްރެސް ކުރައްވައި ސިޓީއެއް ފޮނުއްވީ އޮކްޓޯބަރު 13، 2023 ގަ އެވެ.
އެ ސިޓީގެ ޖަވާބު ރައީސް އޮފީހުން ދެއްވީ ނޮވެމްބަރު 15، 2023 ގަ އެވެ.
އެސްޑީއެފްސީ މެދުވެރިކޮށް ދޫކޮށްފައިވާ ކޮވިޑް 19 ރިލީފް ލޯނުތަކުގެ އިންޓްރަސްޓަށްވާ 22.8 މިލިއަން ރުފިޔާ އަކީ ދައުލަތަށް އަނބުރާ ނުލިބޭނެ ފައިސާއެއް ކަމަށް ކަނޑައެޅުމަށާއ،ި އިންޓްރަސްޓްގެ ގޮތުގައި ދައްކާފައިވާ 23.7 މިލިއަން ރުފިޔާ، އެއީ ލޯނުތަކުގެ ޕްރިންސިޕަލް އަނބުރާ ދެއްކުމަށް ދައްކާފައިވާ ފައިސާ ގޮތަށް ކަނޑައެޅު މަށާއ،ި ޕްރިންސިޕަލް އަދަދަށް ވުރެ އިތުރަށް ދެއްކިފައިވާ 1.07 މިލިއަން ރުފިޔާ، އެ ފައިސާ ދައްކާފައިވާ ފަރާތްތަކަށް ރައްދުކުރުމުގެ ހުއްދަ އަށް އެ ސިޓީ ގައި ވަނީ ބުނެފައެވެ.