March 10, 2026
Advertisement
ރައީސް މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގެންނެވުން
ރައީސް މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގެންނެވުން / ޕީޕީއެމް

މުއިއްޒުއަށް ބްރިޖު ރައީސްގެ ނަމުން މުހާތަބު ކުރަން ރައީސް އޮފީހުން އަންގައިފި

Azhan Ibrahim
އަޒްހާން އިބްރާހިމް
Apr 13, 2024, 01:17 AM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން "ބްރިޖު ރައީސޭ" ކިޔައި އެއްވާ މީހުން ލައްވައި ގޮވުމަށް ރައީސް އޮފީހުން ސަރުކާރު އެކްޓިވިސްޓުންނަށް އަންގައިފި އެވެ.

Advertisement

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕެއިނުގައި ރައީސް މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގެންނެވީ މިއަދު އެވެ. މި ދަތުރުގައި ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަން ވަނީ ހަމަޖެހިފަ އެވެ.

ރައީސް އައްޑޫއަށް ވަޑައިގެންނެވުމުގެ ތިން ދުވަސް ކުރިން ސަރުކާރަށް ނިސްބަތްވާ ސިޔާސީ އެކްޓިވިސްޓުންތަކެއް އެ ސިޓީއަށް ވަނީ ފޮނުވައިފަ އެވެ. ރައީސް މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން "ބްރިޖު ރައީސް" ގެ ނަމުން މުހާތަބުކޮށް ސަލާން ކުރަން އެއްވާ ރައްޔިތުން ލައްވައި އަޑުގަދަ ކުރަން ރައީސް އޮފީހުން އެންގި ކަމަށް މައުލޫމާތު ލިބެ އެވެ.

ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއިއެކު ރައީސް އައްޑޫ ސިޓީ ގަމަށް މިއަދު ހަވީރު ވަޑައިގެންނެވިއިރު މަރުހަބާ ކިޔަން ދިޔައީ މަދު ރައްޔިތުންތަކެކެވެ. އެ ރައްޔިތުން ރައީސް މުއިއްޒުއާއި ސަލާމް ކުރަމުން ދިޔައިރު ބްރިޖު ރައީސްގެ ނަމުން މުހާތަބުކޮށް ގެންދިޔައީ އަޑުގަދަ ކުރަމުންނެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ ހިތަދޫ އާއި ހުޅުމީދޫ ގުޅުވައިލަން ބްރިޖެއް އަޅަން އިއުލާން ކޮށްފަ އެވެ. އެކަން ކުރަން މިސުރުގެ ކުންފުންޏަކާއި ހަވާލު ކުރީ މިދިޔަ މަހު އެވެ. މިމަޝްރޫއު މިހާ އަވަހަށް ކުންފުންޏަކާއި ހަވާލުކޮށްފައި މިވަނީ މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި އެވާހަކަ ދެއްކުމުގެ ބޭނުމުގަ އެވެ.

އައްޑޫ ސިޓީއަކީ މީގެ ކުރިން އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ އަތޮޅެކެވެ. އެހެންނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ހިންގެވި ކެމްޕެއިނުގައި ޕީޕީއެމް ޕީއެންސީން ވަނީ އެމްޑީޕީއާއިއެކު އޮތް ފަރަގު ކުޑަކޮށްފަ އެވެ.

ރާއްޖޭގައި ކަނޑު ހުރަސްކޮށް ދެރަށެއް ގުޅުވައިލި ބްރިޖެއް އެންމެ ފުރަތަމަ އެޅުއްވީ ރައީސް ޔާމީން އެވެ. ރާއްޖޭގެ ތާރީހު ބަދަލުކޮށްދިން ސިނަމާލެ ބްރިޖަކީ މާލެ ސަރަހައްދުގެ މުޅި އިގްތިޞާދު ބަދަލުކޮށްދިން ބިޔަ މަޝްރޫއެކެވެ.

ކޮމެންޓު
ކޮމެންޓްތައު
Vaalu soru
Apr 13, 2024, 11:34 PM
Raees Yasmin akee mulhi raaje ah thataggee genes dhevvi raees eh kamah komme dhivesseh ves heyo hithun gaboolu kuran jehey. Mee vaki party eh vegen bunaa behcheh noon. Thedhu vaanee thedhah.
علي وحيد
Apr 13, 2024, 07:50 PM
ހޮޅިމުއިޒު 70 ހެކްޓަރުގެ ބިން ބޭރުގެ ފަރާތްތަކަށް ނަހަމަގޮތުގައި ބަހާލާފަ މަޖިލީހަކަށް ހުށައެއްނާޅަ މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތެއް ނުހޯދަ އެއޮތީ ދީފަ މާލިއްޔަތު ގާނޫނާ ޚިލާފަށް
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved