ޑެޕިއުޓީ މިނިސްޓަރު ނާސިހާއާ ފިރިމީހާ އަހުމަދު، ރައީށް މުއިއްޒުގެ ދެކަނބަލުންނާ އެކު / ސޯޝަލް މީޑިއާ
ސިޔާސީ
ޑެޕިއުޓީ މިނިސްޓަރު ނާސިހާގެ ފިރިމީހާ މީސްމީޑިޔާގައި އައުގުރާނަ ގޮވައިފި
13 އޭޕްރީލު 2024
މާލެ ސިޓީ

އެންވަޔަރަމަންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަމިނަތު ނާސީހާގެ ފިރިމީހާ، އަހުމަދު ރަޝީދު (ގައުމީ ލޭ) މީސް މީޑިޔާގައި އައުގުރާނަ ގޮވައިފިއެވެ.

އަބަދުވެސް ގަދަ ބާރު ދައްކައިގެން އެހެން މީހުން ބިރުގެންނެވުމުގެ އާދަ ކަށީގައި ހިފާފައި ހުރި އަހުމަދު އައުގުރާނަ ގޮވާފައިވަނީ ތޭރަ އޮންލައިންގައި ޝާއިއުކުރި ޚަބަރަކަށް ކޮމެންޓުކޮށްފައެވެ.

އެގޮތުން ސަރުކަރުގެ އިސް ވަޒީރު ރަށަށް ރިޝްވަތުގެ ގޮތުގައި ތެލި ސެޓު ބެހުމުންވެސް މުއިއްޒަށް މަރުހަބާ ކިޔަން އެރަށުން ނުކުންނާނެ ބަޔަކު ނުވެގެން ނެރުނި ސަރުކާރު މުވައްޒަފުންނަށް މަޖްބޫރުކުރުވައިގެން ކަން ޗެނަލް13އަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚަބަރަކަށް ނާސިހާގެ ފިރިމީހާ އަހުމަދު ވަނީ ވަރަށް ބޭ އަދަބީ ބަހުރުވައިން ކޮމެންޓުކޮށްފައެވެ.

އަހުމަދުގެ ކޮމެންޓްސްތައް

އެގޮތުން މުޖުތަމައުގެ އަޚްލާގީ މިންގަޑާ ހިލާފު ބަހުރުވައިން އަހުމަދު ވަނީ އެ ޚަބަރަށް ކޮމެންޓުކޮށްފައެވެ.

އަހުމަދަކީ ނިމިދިޔަ ސަރުކާރުގައި ޕީޕީއެމް މެޖޯރިޓީ އޮތް ސިޓީ ކައުންސިލްގައި މުއިއްޒުގެ މޭޔަރުކަމުގައި ގިނަ ޕްރޮޖެކްޓުތަކެއް ލިބުނު މީހެއްކަމަށްވެސް އަޑު ފެތުރިފައިވެއެވެ. އަދި މިހާރު އޭނާގެ އަންހެނުން ސަރުކާރުގެ މަގާމުގައި ހުރުމުން އެކަން ދިފާއުކޮށް ކޮމެންޓާ ޕޯސްޓުކުރަން ވަނީ މަޖްބޫރުވެފައިކަމަށް ވެސް އަޑުތައް ގަދަވެފައިވެއެވެ.

އަހުމަދަކީ ހޯރަފުއްޓަށް ނިސްބަތްވާ މީހަކަށް ވިޔަސް އެނާ ދިރިއުޅެމުން އަންނަނީ ނާސިހާގެ ބޯހިޔާވަހިކަމުގައި ނާސިހާގެ ގޭގައި މާލޭގައެވެ. ނާސިހާ ފުރަތަމަ ހުރީ ރައީސް އޮފީހުގެ މަގާމެއްގައެވެ. އޭގެ ފަހުން ރައީސް މުއިއްޒު ވަނީ އޭނާގެ މަގާމު މަތިކޮށް އެންވަޔަރަމަންޓު މިނިސްޓްރީގެ ނައިބުކަމަށް ހަމަ ޖައްސަވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved