March 19, 2026
Advertisement
ރައީސް މުއިއްޒު ގެންދަވަނީ އެކި ފަހަރުމަތިން އިތުރުފުޅު ހައްދަވަމުން
ރައީސް މުއިއްޒު ގެންދަވަނީ އެކި ފަހަރުމަތިން އިތުރުފުޅު ހައްދަވަމުން / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

މުއިއްޒު ވެރިކަމުގައި ހުންނެވިޔަސް މިނިވަންކަން ކަށަވަރުނުވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ

Azhan Ibrahim
އަޒްހާން އިބްރާހިމް
Apr 13, 2024, 05:44 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގައި ހުންނެވި ނަމަވެސް ރާއްޖޭގެ މިނިވަންކަން ކަށަވަރު ނުވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

Advertisement

ރާއްޖޭ އޮތީ އިންޑިއާގެ އަޅުވެތިކަމުގައި ކަމަށާއި އިންޑިއާ ސިފައިން ބޭލޭނީ އެމްޑީޕީ ވެރިކަމުން ދުރުކޮށްގެންކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި މުއިއްޒު މިހާރު ވިދާޅުވާ ގޮތުން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. އެގޮތުން އަންނަ މެއި މަހުގެ ތެރޭގައި އިންޑިއާ ސިފައިންގެ އެންމެ ފަހު ގުރޫޕު ރާއްޖެއިން ފައިބާނެކަމަށް ކުރިން މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމުން މިނިވަންކަން ކަށަވަރު ވީކަމަށާއި ރައީސް މުއިއްޒު ވެރިކަމުގައި ހުންނެވިހާ ދުވަހަކު މިނިވަންކަން ދެމި އޮންނާނެކަމަށް ކުރިން އެމަނިކުފާނު ވިދާޅުވި ނަމަވެސް ރޭ އައްޑޫ ސިޓީގައި އެމަނިކުފާނުގެ ރާގު ވަނީ މުޅިން ބަދަލުވެފަ އެވެ. އެގޮތުން ރޭ މުއިއްޒު ވިދާޅުވީ މިނިވަންކަން ކަށަވަރު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީވެސް ސަރުކާރަށް ލިބިގެން ކަމަށެވެ.

ރައީސް ވިދާޅުވާ ގޮތުން މިނިވަންކަން ކަށަވަރު ކުރަން ގާނޫނުތަކަށް އިސްލާހުތަކެއް ގެންނަން ޖެހެ އެވެ. އަދި އާ ގާނޫނުތައް ވުޖޫދަށް ގެންނަންވެސް ޖެހެ އެވެ. މީގެ އިތުރުން އެގްރީމެންޓުތަކެއްވެސް ބަދަލުކުރަން ޖެހެ އެވެ.

އެކަން މިހާތަނަށް ނުކުރެވި އޮތީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮތުމުން ކަމަށަ ރޭ ރައީސް މުއިއްޒު ވިދާޅުވި އެވެ. އެހެންނަމަވެސް އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ މިވާހަކަތައް ދޮގުު ކުރައްވައިފަ އެވެ. އެގޮތުން ސަރުކާރުން މިނިވަންކަމާއި ގުޅޭ އެއްވެސް ބިލެއް މަޖިލީހަށް މިހާތަނަށް ފޮނުވާފައި ނުވާކަމަށާއި ސަރުކާރުން އެދުނު އެއްވެސް ކަމެއްގައި މަޖިލީހުން އެއްބާރުލުން ނުދީ ނޯންނާނެކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ މިނިވަންކަމާއި ގުޅުވައި ޑރ. މުއިއްޒު ދައްކަވާ ވާހަކަފުޅުތަކަކީ ސިޔާސީ ވާހަކަތަކެއް ކަމަށް ބެލެވެ އެވެ. އަދި އެއީ ހަމައެކަނި ވޯޓު ހޯދަން ކުޅުއްވާ ކުޅިވަރެއްކަމަށްވެސް ބެލެވެ އެވެ. މިހާތަނަށް އައިއިރު މިނިވަންކަން ކަށަވަރު ކުރުމުގެ ނަމުގައި ސަރުކާރުން އެއްވެސް ބިލެއް ޑްރާފްޓު ކުރިކަމެއްވެސް އެނގިފައެއް ނެތެވެ.

ކޮމެންޓު
ކޮމެންޓްތައު
علي وحيد
Apr 13, 2024, 10:08 PM
އިންތިޚާބު ތަކުގެ ދުވަސްވަރު އޮންނަނީ ދޮގުބޯ މުއިއްޒުގެ ދޮގުހެދުން ސަރުކާރަށް ފަސްމަސް ވެގެންދިޔައިރު ނުފުއްދުވައުދު ރައީސް އަބްދުﷲ ޔާމީނު މިނިވަނެއް ނުކުރެވުނު ކަނޑުން ގެއްލުވާލިކަމަށް އެބުނާބައިނުހޯދުނު އިންޑިއާ ސިފައިން ބޭރެއް ނުކުރެވުނު މި ކަންކަމުން ސަލާމަތް ނުވެވޭވަރަށް އިންޑިއާގެ ފައިބުޑަށްވެއްޓިއްޖެ ސޯލިހުގެ ވެރިކަމުގައި އިންޑިއާ އާއިއެކު ހަދާފައިވާ ކަމަށްބުނާ ގައުމަށް ނުރައްކާތެރި އެއްވެސް އެއްބަސްވުމެއް ރަށްޔިތުންނަކަށް ހާމައެއްނުކޮށްދެވުނު إنما يفترالكذبللذين لايئمنون بآيات الله ދޮގުހަދާކަން ކަށަވަރީ މާތްﷲ ބާވައިލެއްވި آية ތަކަށް إيمان ނުވާމީހުންނެވެ قرآن ގެ آية ތަކަށް إيمان ނުވާނަމަ ދެން އެމީހަކު ވާނީ ކޯއްޗަކަށްހެއްޔޭ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved