April 15, 2026
Advertisement
ފިތުރު ޒަކާތް ނެގުމުގެ ތެރެއިން
ފިތުރު ޒަކާތް ނެގުމުގެ ތެރެއިން / އެޑިޝަން.އެމްވީ

މާލެ ސިޓީން ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލައިފި

Aishath Naja
އައިޝަތު ނަޖާ
Jan 15, 2024, 07:42 PM
މާލެ ސިޓީ

ދިވެހި ރާއްޖޭގެ ޒަކާތު ހައުސް އިން އެކުލަވާލައިފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލެ ސިޓީން އަލަށް ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކަށް އެ އިދާރާއިން ފުރުސަތު ހުޅުވާލައި އިއުލާންކޮށްފިއެވެ.


އެއިދާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލެ އިން މި ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް ޖެނުއަރީ މަހުގެ 14 އިން ފެށިގެން ފެބްރުއަރީ މަހުގެ 1 އާއި ހިސާބަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގައި އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށައަޅާ ފޯމް ޒަކާތު ހައުސް ގެ ކައުންޓަރުންނާއި އެ އިދާރާގެ ވެބްސައިޓުން ލިބެންހުންނަ އިރު، ފޯމް ތައް ބަލައިގަންނާނީ އެ އިދާރާ ގެ ކައުންޓަރުން ކަމަށް ވެސް އިއުލާންގައި ވެއެވެ.

ޒަކާތު ހައުސް އަކީ ރައީސް ޑރ.މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ޤާއިމްކުރެވޭ ޒަކާތާއި ޞަދަޤާތުގެ ޢަދުލުވެރި އަދި ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން، ޒަކާތްނެގުމާއި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމާއި ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އުފެއްދި އިދާރާއެކެވެ.

މި އިދާރާ ވުޖޫދަށް އައުމާއި އެކު އިސްލާމިކް މިނިސްޓްރީގެ ދަށުން ބަލަހައްޓަމުން އައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރު ބަލަހައްޓަނީ ޒަކާތު ހައުސް އިންނެވެ.

Advertisement


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved