March 13, 2026
Advertisement
ހުއްޓުމެއްނެތި މާލެއަށް ކުރަމުންދާ ވިއްސާރަ
ހުއްޓުމެއްނެތި މާލެއަށް ކުރަމުންދާ ވިއްސާރަ / ޕޮލިސް

ހުއްޓުމެއްނެތި މާލެއަށް ކުރަމުންދާ ވިއްސާރަ އާއެކު އެތައް ގެއްލުމެއް!

Aminath Zara
އައިމިނަތު ޒާރާ
Apr 14, 2024, 10:25 PM
މާލެ ސިޓީ

ހުއްޓުމެއްނެތި މާލެއަށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެން ބޮޑުވެ ގިނަ މަގުތަކުގައި ހިނގާބިނގާވެ އުޅުމަށާއި ދަތުރުކުރުމަށް ދަތިވެ އުނދަގޫތަކާއި ކުރިމަތިލާންޖެހިއްޖެއެވެ.

Advertisement

އިއްޔެ ހެނދުނުއްސުރެ މާލެއަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގެތަކަށް ފެންވަދެ، ހިފައި ގެންގުޅޭ ސާމާނަށް ގެއްލުންލިބެމުންދާކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސަސް އަށް ލިބިފައިވާކަން އެ އިދާރާއިން ހާމަކޮށްފައިވެއެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި، ފެން ބޮޑުވާ ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމާއި، ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ޙަރަކާތްތެރިވެފައިވެއެވެ.

ފުލުހުންގެ އިދާރާއިން ނެރެފައިވާ ނޫސްބަޔާނުގައި ފެންބޮޑުވުމުގެ ސަބަބުން ގެތަކަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުންދާތީ، މަގުތަކުން ފެން ހިނދި އާންމު ޙާލަތަށް މަގުތައް އަންނަންދެން، މަގުމައްޗަށް ކުނި ނުނެރުމަށާއި ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދުއްވުމަށް އިލްތިމާސްކޮށްފައިވެއެވެ.

މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ހއ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ޔެލޯ އެލާޓްވެސް ވަނީ ނެރެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved