April 14, 2026
Advertisement
ރައީސް މުއިއްޒު ވަނީ އަނާރާއަށް ތާއީދު ކުރައްވަން ނިންމަވާފައި
ރައީސް މުއިއްޒު ވަނީ އަނާރާއަށް ތާއީދު ކުރައްވަން ނިންމަވާފައި / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ޕީއެންސީ ކެނޑިޑޭޓު ހުއްޓައި އަނާރާގެ ކެމްޕެއިނަށް ފައިސާ ބަހަން ރައީސް މުއިއްޒު ވަޑައިގަންނަވަނީ

Azhan Ibrahim
އަޒްހާން އިބްރާހިމް
Apr 15, 2024, 09:52 PM
މާލެ ސިޓީ

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ކެނޑިޑޭޓަކު ކުރިމަތިލާފައިވަނިކޮށް ހުރާ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ ޑރ. އަނާރާ ނައީމްގެ ކެމްޕެއިނުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދާއިރާގެ ރަށްތަކަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

Advertisement

ހުރާ ދާއިރާއަށް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ނިކުންނަވަނީ އަބްދުﷲ ވާރިޘް އެވެ. އަނާރާ އަމިއްލަ ގޮތުން ނިކުންނަވަން ނިންމެވީ ޕީއެންސީ ޕްރައިމަރީގައި ބަލިވުމުންނެވެ. އެހެންނަމަވެސް ރައީސް މުއިއްޒު ތާއީދު ކުރެއްވީ އަނާރާ އަށެވެ. އަނާރާ އަކީ ރައީސް މުއިއްޒުގެ ވަރަށް ގާތް ބޭފުޅެކެވެ.

ޕާޓީގެ ކެނޑިޑޭޓު ހުންނަވަނިކޮށް އަމިއްލަ ކެނޑިޑޭޓުންނަށް ރައީސް މުއިއްޒު އާއި ސަރުކާރުގެ އިސް ވެރިން ކެމްޕެއިން ކޮށްދޭތީ ޕީއެންސީގެ އެތެރޭގައި ވަނީ ވަރަށް ބޮޑަށް މައްސަލަ ގޯސްވެފަ އެވެ. މިކަމަށް ފަރުވާލެއް ނެތި ސަރުކާރުން ގެންދަނީ ޕީއެންސީގެ ބައެއް ކެނޑިޑޭޓުން ބާކީ ކުރަމުންނެވެ.

ޗެނަލް 13 އަށް މައުލޫމާތު ލިބުނު ގޮތުގައި ހުރާ ދާއިރާގެ ރަށްތަކަށް ވަޑައިގެން އެރަށްތަކުގެ ބޮޑެތި ވިޔަފާރިވެރިންނާއި ނުފޫޒުގަދަ އާއިލާތަކަށް ފައިސާ ބައްސަވާނެ އެވެ. އެހެން ނަމަވެސް މިކަން ކުރިއަށް ގެންދާނީ އަނާރާގެ ކެމްޕެއިން ޓީމުން ހަދާފައިވާ ތަފާސް ހިސާބުތަކަށް ބަލައިގެން ކަމަށްވެސް މައުލޫމާތު ލިބެ އެވެ. މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ރައީސް މުއިއްޒު ހުރާ ދާއިރާއަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށްވެ އެވެ.

ސަރުކާރަށް ނިސްބަތްވާ ބައެއް ކެނޑިޑޭޓުން ގެންދަނީ ފާޅުކަން ބޮޑު ގޮތެއްގައި ފައިސާ ބަހައި ވޯޓަށް ނުފޫޒު ފޯރުވަމުންނެވެ. މީގެ ކުރިން ލ. ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ އަބްދުއްރަހީމް ތެލި ސެޓުތަކެއް ބެއްސެވި މައްސަލައެއް ސޯޝަލް މީޑިއާއަށް ވަނީ ތިލަވެފަ އެވެ.

ކޮމެންޓު
ކޮމެންޓްތައު
علي وحيد
Apr 17, 2024, 03:23 AM
ބަލަގަ އަނާރާ އަކީ އުސްތާޒެއް މުގުރިއެއް ސޭޚެއް ރިސްވަތު ބަހަނީ އިސްލާމް ދީނުގެ ކޮން އުސޫލަކުންތޯ ނަމަވެސް ބަހާފާނެ މިހާރުވެސް އެޅޭނީ ސިޔާސީ ޕާޓީއެއް ޓިކެޓު ކަށަވަރު ކޮށްފަހުރި ކެންޑިިޑޭޓުގެ އިންތިޚާބީ ހައްގައް އަރައިގަނެ އޭނާއިގެ ޓިކެޓް ނުޙައްގުން ޖަހައިގަނެގެން ނަމުން އުސްތާޒެއް ކަމުން ފޭރޭ މީހެއް މަހުސަރުދުވަސް ބޭނުން ނަމަ ދެނޯ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved