March 13, 2026
Advertisement
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު އެލާޓް ނެރެފި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު އެލާޓް ނެރެފި / ސޯޝަލް މީޑިއާ

މޫސުން ގޯސްވެ ހުދު އެލާޓް ނެރެފި

Aminath Zara
އައިމިނަތު ޒާރާ
Apr 16, 2024, 08:03 PM
މާލެ ސިޓީ

ހއ އަތޮޅުން ފެށިގެން މ އަތޮޅަށް މިރޭ 19:30 އިން ފެށިގެން މާދަމާ 1:30 އާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ އިދާރާއިން ހުދު އެލާޓް ނެރެފިއެވެ.

Advertisement

ފާއިތުވި މާރޗް މަހުގެ ދުވަސްތަކަކީ ރާއްޖެއަށް މިހާތަނަށް އެންމެ ހޫނުގަދަވި ދުވަސްވަރުކަމަށް މެޓް އޮފީހުން ހާމަކޮށްފައިވެއެވެ. ހޫނު ގަދަ ދުވަސްތަކަކަށްފަހު ވިއްސާރަ މޫސުން ކުރިމަތިވެފައިވާއިރު، މިދިޔަ ދެ ތިން ދުވަހު މާލެ އަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ޔެލޯ އެލާޓްވެސް ބައެއް ހިސާބުތަކަށް ނެރެފައިވެއެވެ.

ހއ އަތޮޅުން މ އަތޮޅަށް ހުދު އެލާޓް ނެރެފި
ހއ އަތޮޅުން މ އަތޮޅަށް ހުދު އެލާޓް ނެރެފި

މިގޮތުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅުމަށާއި ދަތުރުފަތުރު ކުރުމަށް ދަތި އުނދަގޫތަކާއި، އެކި ގެއްލުންތަކާއި ރައްޔިތުން ކުރިމަތިލައިފައިވެއެވެ.

ވިއްސާރަ ދުވަސްކޮޅަކީ އާއްމު ގޮތެއްގައި ކަނޑު މަތީގެ ނުރައްކާތެރި ހާދިސާތައް ގިނަ ދުވަސްވަރަކަށް ވުމާއިއެކު އެފަދަ ހާދިސާތަކަށް ސަމާލުވެ ރައްކާތެރި ފިޔަވަޅު ކުރިއާލައި އެޅުމަކީ މުހިއްމު ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved