އެމްޑީޕީ ވެރިކަމެއް އޮވެ، މަޖިލީހުގައި އެމްޑީޕީގެ ސުޕާރ މެޖޯރިޓީ އޮތް އިރުވެސް ވަޒީފާގެ ބިރު ދެއްކި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މިފަހަރުގެ މަޖިލިސް މެޖޯރިޓީ ލިބިއްޖެނަމަ ވަޒީފާގެ ބިރު ނައްތާލާނެ ކަމަށް ވިދާޅުވެއްޖެއެވެ.
ހިންނަވަރުގައި ކުރިޔަށް ދިޔަ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ޕީއެންސީގެ ސިޔާސަތަކީ ބިރު ދެއްކުމާއި އޮޅުވާލުމާއި މުށުތެރޭގައި ރައްޔިތުން ބައިތިއްބައިގެން ކަންކަން ކުރުމެވެ.
އެމްޑީޕީން އެއްވެސް ފަރާތަކަށް ވަޒީފާގެ ބިރު ދައްކާ ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށް ވިދާޅުވެ ރައީސް ޞާލިހް އިތުރުފުޅު ހައްދަވާފައިވާއިރު، ނިމިދިޔަ އެމްޑީޕީގެ 5 އަހަރު ރައްޔިތުން ތިބީ ވަޒީފާގެ ބިރުމަތީގައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާ އަދާކުރަމުން ދިޔަ އެތައް ފަރާތެއް މިދިޔަ ފަސް އަހަރު ވަޒީފާއިން ވަނީ ވަކިކޮށްފައެވެ.
މި ސަރުކާރުން ވެސް އެގޮތައް އަމަލުތައް ބަހައްޓަމުން އަންނައިރު ރައީސް ޞާލިހް ގެ ފަސް އަހަރު ކަންތައްތައް ހުރި ގޮތުން އެ ބޭފުޅާ އަކީ މިވެރިކަމަށް އިނގިލި ދިއްކުރައްވާ އެފަދަ ވާހަކަތައް ދައްކަން މާ ރަނގަޅު ބޭފުޅެއް ނޫންކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.