March 20, 2026
Advertisement
ފުލުހުންގެ އިލްތިމާސް: ވައިގަދަވެ މޫސުމް ގޯސްވާ ވަގުތުތަކުގައި ސަމާލުވޭ
ފުލުހުންގެ އިލްތިމާސް: ވައިގަދަވެ މޫސުމް ގޯސްވާ ވަގުތުތަކުގައި ސަމާލުވޭ / މޯލްޑިވްސް ޕޮލިސް ސާރވިސް

ފުލުހުންގެ އިލްތިމާސް: ވައިގަދަވެ މޫސުމް ގޯސްވާ ވަގުތުތަކުގައި ސަމާލުވޭ

Aminath Zara
އައިމިނަތު ޒާރާ
Apr 17, 2024, 04:59 AM
މާލެ ސިޓީ

މޫސުމް ގޯސްވެ މާލެ ސަރަހައްދަށް ވައިގަދަވުމުގެ ސަބަބުން މަގުތަކުގައި ހަރުކޮށްފައިވާ ކެމެޕްއިންގ ޕޯސްޓަރުތަކާއި، ބިލްބޯޑުތައް ވެއްޓުމުގެ ހާދިސާތައް ކުރިމަތިވަމުންދާތީ މިކަމަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސްކޮށްފިއެވެ.

Advertisement

ފުލުހުންގެ ފޭސްބުކް ޕޭޖްގައި އާއްމުކޮށްފައިވާ ޕޯސްޓްގައި މަގުތަކުގައި ބަހައްޓާފައި ހުރި ބިލްބޯޑުތަކަކީ ރައްކާތެރި ގޮތުގައި ހަރުކޮށްފައި ހުރި އެއްޗެހިކަން ކަށަވަރު ކުރުމަށް އެތަކެތި ބަހައްޓާފައިވާ ފަރާތްތަކަށް އެ އިދާރާއިން އަންގާފައިވާކަމަށެވެ.

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ޅ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް މޯލްޑިވްސް މީޓިއަރޮލޮޖިކަލް ސެންޓަރ އިން ވަނީ ރީނދޫ އެލާޓްވެސް ނެރެފައެވެ. މި އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި 5-30 މޭލާއި ދެމެދު ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވިފައިވަނީ 2-5 ފޫޓަށެވެ.

ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެ، ދަތުރުފަތުރު ކުރުމަށް ދަތިވެ، ގެތަކަށް ގެއްލުންވުމުގެ ހާދިސާތައް ކުރިމަތިވަމުން ދިޔުމުގެ ސަބަބުން މި މަހުގެ ކުރީކޮޅުވެސް ފުލުހުންގެ އިދާރާއިން ވަނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދީ މަސައްކަތްކޮށްފައެވެ.

ކުރިއަށް އޮތް ދުވަސްތަކަކީ ވިއްސާރަ ދުވަސްތަކަކަށްވުމާއި އެކުގައި މޫސުމް ގޯސްވާނެ ކަމަށް ރައްކާތެރި ފިޔަވަޅު އެޅުމަށް މި އިދާރާއިން އިލްތިމާސްކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved