March 28, 2026
Advertisement
ރައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ގެއްލިފައި ހުރި ފައިސާ ހޯދާކަށް މި ސަރުކާރަކުން ނޫޅޭ: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Apr 17, 2024, 06:37 PM
މާލެ ސިޓީ

ކޮރަޕްޝަނާ އެކި އެކި ގޮތްގޮތުން ގެއްލިފައި ހުރި ފައިސާ އަނބުރާ ހޯދަން މި ސަރުކާރުން އުޅޭ މަންޒަރެއް ނުފެންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ފްރޮންޓް އޮފީހުގައި ކުރިޔަށް ދިޔަ ޖަލްސާއެއްގައި ކެންޑިޑޭޓަކާ ސުވާލު އަމާޒުކުރައްވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެެން އުޅޭއިރު ސަރުކާރުގެ އެއްވެސް ފަރުވާލެއް ނެތްކަމަށެވެ.

އެތައް މިލިއަން ރުފިޔާ، ކޮރަޕްޝަނާ އެކި އެކި ގޮތްގޮތުން ގެއްލިފައި ހުރި ފައިސާ، އެ ފައިސާ ނުލިބިގެން މި ސަރުކާރަކުން ނޫޅޭ، ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެން، މިހާ ދަތި ދުވަސްވަރެއްގައި އެ ފައިސާއިން ރައްޔިތުންނަށް އެހީއެއް ހޯދާކަށް ނޫޅޭ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ރައްޔިތުންގެ ވޯޓުން ހޮވިފައި ތިބޭ ވެރިން ރައްޔިތުންގެ އެއްވެސް ހައްގެއް ހޯދައިދިނުމަށް މަސައްކަތް ނުކޮށް އަމިއްލަ މަންފާއަށް ކަންކަން ކުރައްވަމުން ގެންދަވާތީ ރައީސް ޔާމީންްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ވޯޓު ހޯދުމަށްޓަކައި އަދުގެ ސަރުކާރުގެ ވެރިން އައީ އެ ފައިސާތައް ދައުލަތައް އަނބުރާ ހޯދައިދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved