އަދުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު އެ ހުންނެވީ އެމަނިކުފާނުގެ އިސް މުޝީރު އަދުރޭގެ ޖީބު ތެރޭގައި ކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެެއްޖެއެވެ.
މަލީހް މިފަދައިން ވިދާޅުވެފައިވަނީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބްގައި ޕީއެންއެފްގެ ޓިކެޓްގައި ކެޔޮދޫ ދާއިރާއަށް ވާދަކުރައްވާ އައިޝަތު އަފްނާންގެ ކެމްޕެއިން ދަތުރުގައި ކެޔޮދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަދައްކަވަމުންނެވެ.
އެގޮތުން މަލީހް ވިދާޅުވީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބްގައި ހޮވަން ޖެހޭނީ ސަރުކާރު ނޫން ކެންޑިޑޭޓުން ކަމަށެވެ.
މިފަހަރު މުއިއްޒު ނޫންގޮތެއް ހޯދަން ޖެހޭ ކަމަށް މަލީހް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ނޫންގޮތެއް ހޯދަން ޖެހޭ ސަބަބުތައް ބަޔާންކޮށްދެއްވަމުން މަލީހް ވިދާޅުވީ ރައީސް މުއިއްޒު އެ ހުންނަވަނީ އަދުރޭގެ ޖީބު ތެރޭގައިކަމަށެވެ.
އަޅުގަނޑުމެންނަކަށް އެއްވެސް ގޮތަކަށް ނޭނގޭ މުއިއްުޒު އަދުރޭޣެ ޖީބުތެރޭގައި ހުންނަން ޖެހޭގޮތެއް. މުއިއްޒު އެހުރީ އަދުރޭގެ ޖީބުގައި. ބޮޑު ސިންގާ ޖާހިލެއްގެ ޖީބުގައި. އަދުރޭގެ މުޅި މީހުން ސަރުކާރުގައި ތިބީ
މަލީހް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް އައީ ރައީސް ޔާމީން މިނިވަންކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގަތުމަށްފަހުގައި ކަމަށެވެ. ނަމަވެސް އެކަން ނުކުރެއްވުމުން މުއިއްޒު ނޫން ގޮތެއް ރައްޔިތުން ހޯދަން އެބަ ޖެހޭކަން މަލީހް ވިދާޅުވިއެވެ.
ސަރުކާރުގެ އިސްފަޑިއަށް އަދުރޭގެ އާއިލާގެ މީހުން އައްޔަން ކުރައްވަމުން ގެންދަވާތީ މަލީހް ވަނީ ރައީސް މުއިއްޒަށް ފާޑުކިޔުންވެސް އަމާޒުކުރައްވާފައެވެ.