March 19, 2026
Advertisement
ކުޅުދުއްފުށީގައި އަނެއްކާވެސް ކަރަންޓް ކެނޑުމުގެ މައްސަލަ ބޮޑުވެއްޖެ
ކުޅުދުއްފުށީގައި އަނެއްކާވެސް ކަރަންޓް ކެނޑުމުގެ މައްސަލަ ބޮޑުވެއްޖެ / ސްޓެލްކޯ

ކުޅުދުއްފުށީގައި އަނެއްކާވެސް ކަރަންޓް ކެނޑިއްޖެ

Aminath Zara
އައިމިނަތު ޒާރާ
Apr 18, 2024, 02:34 AM
މާލެ ސިޓީ

ނިމިގެން ދިޔަ މާރޗް މަހުން ފެށިގެން ހދ.ކުޅުދުއްފުށީގައި ދިމާވަމުންދާ ކަރަންޓް މައްސަލައަށް ޙައްލެއް ނުލިބި އެރަށު ރައްޔިތުން އުޅެން ޖެހިއްޖެއެވެ.

Advertisement

އެ ރަށުގައި ހިންގަމުން އައިސްފައިވާ 07 ޖަނެރޭޓަރުގެ ތެރެއިން 03 ޖަނެރޭޓަރު ހަލާކުވެ ރަށުން އެއްކޮށް ކަރަންޓް ކެނޑިފައިވަނީ ހޯމާ ދުވަހުގެ ވަގުތެއްގައެވެ. ސްޓެލްކޯއާއި ގުޅިގެން ހަމަ އެދުވަހު ކަރަންޓް ފޯރުކޮށްދީފައިވީ ނަމަވެސް، އޭގެ އަނެއް ދުވަހު އަނެއްކާވެސް ވަނީ މައްސަލަޖެހި ކަރަންޓް ކެނޑިފައެވެ.

ކުޅުދުއްފުށި ފެނަކައިން ވަނީ، އެއް ގަޑިއަރަށް ވަކި ސިސާބުތަކަކުން ކަރަންޓު ކެނޑުމަށް ތާވަލެއް ހަދާ އެއަށް އަމަލުކުރަން ފަށާފައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެފައިވާ ގޮތުގައި އިންޖީނުތައް މެއިންޓެއިން ނުކުރުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށާއި، ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލު ވަންދެން ސްޓެލްކޯގެ ޓީމު އެ ރަށުގައި ތިބޭނެ ކަމަށެވެ.

މިމައްސަލައިގައި އެއްވެސް ޙައްލެއް ލިބިފައި ނުވާތީ އެރަށު ރައްޔިތުން ވަނީ މިދިޔަ ދުވަސްތަކުގައި އެރަށުގައި މުޒާހަރާވެސް ކޮށްފައެވެ.

ރަށްރަށުގައި ކަރަންޓް ކެނޑުމުގެ މައްސަލަ ފަހަކަށް އައިސް ވަރަށް ގިނައިން ދިމާވަމުން އަންނަކަން ފާހަގަކުރެވިފައިވެއެވެ. މިހާ ހޫނު ގަދަ ދުވަސްވަރެއްގައި ކަރަންޓްގެ މައްސަލަ ޙައްލުނުވެ ދިގުލައިގެން ދިޔުމަކީ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިކުރުވާނެ ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved