ރައީސް މުއިއްޒުގެ އެކައުންޓަށް 110 ފަހަރެއްގެ މަތިން ކޭޝްކޮށް 7 މިލިއަން ރުފިޔާ ޖަމާކޮށްފައިވޭ / ސޯޝަލް މީޑިއާ
ހަބަރު
ރައީސް މުއިއްޒުގެ އެކައުންޓަށް 110 ފަހަރެއްގެ މަތިން ކޭޝްކޮށް 7 މިލިއަން ރުފިޔާ ޖަމާކޮށްފައިވޭ: އެމްއެމްއޭ
Moosa Shizmee
މޫސާ ޝިޒްމީ
18 އޭޕްރީލު 2024
މާލެ ސިޓީ

ރައީސް ޑރ.މުޙާއްމަދު މުޢިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު އެމަނިކުފާނުގެ އެކައުންޓަށް ކޮރަޕްޝަނުގެ ފައިސާކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ފައިސާތަކެއް ޖަމާވެފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ފާހަގަވެފައިވާކަން ފަޅާއަރައިފިއެވެ.

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އެކުލަވައިލި ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓެއް އާންމުވެފައިވާއިރު އެ ރިޕޯޓުގައި ރައީސް މުއިއްޒުގެ އެކައުންޓަށް ޖަމާވެފައިވާ ގިނަ އަދަދެއްގެ ފައިސާގެ ތަފުސީލު ހިމަނާފައިވެއެވެ.

އެގޮތުން ހައުސިން މިނިސްޓްރީގެ މުވައްޒަފުންނާއި ބައެއް ކުންފުނިތަކުން އެމަނިކުފާނުގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފއިވެއެވެ. އެ ފައިސާ ޖަމާކޮށްފައިވަނީ ކީއްކުކުރަންކަން އެނގެން ނެތެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ އެ ފައިސާއަކީ ކޮރަޕްޝަނުގެ ފައިސާކމަށް ޝައްކުކުރެވޭ ކަމަށެވެ.

އެގޮތުން މުޢިއްޒުގެ އެކައުންޓަށް ޖަމާވެފައިވާ 17.4 މިލިއަން ރުފިޔާގެ ތރެެއިން 7 މިލިއަން ރުފިޔާ ޖަމާކޮށްފައިވަނީ ނަގުދު ފައިސާއިންނެވެ. އެ ނަގުދު ފައިސާ ޖަމާކޮށްފައިވަނީ 110 ފަހަރުގެ މަތިންނެވެ. އޭގެ އިތުރަށް 136،882 ޑޮލަރުވެސް އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައިވެއެވެ. ނަގުދު ފައިސައިން 15،600 ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވެއެވެ.
އަދި ގިނަ އަދަދެއްގެ ފައިސާ އެމަނިކުފާނުގެ އކައުންޓަށް ޖަމާކޮށްފއިވަނީ ހައުސިން މިނިސްޓްރީގައި އެމަނިކުފާނުގެ ދަށުން މަސައްކަތްކުރި އެކި މުވައްޒަފުންގެ ނަމުގައެވެ. އޭގެ ތެރޭގައި މިހާރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު ޢަބްދުﷲ މުއްތަލިބާއި، ރައީސް މުއިއްޒުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒު ހިމެނެއެވެ.

މި މުއާމަލާތްތަކާ ގުޅިގެން އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި މިއީ ދައުލަތުން ވަގަށް ނެގި ފައިސާކަމަށް އަދި ވަކި ގޮތަކށް ފައިސާ ފޮރުވުމަށް މަސައްކަތްކޮށްފއިވާަ ކަމަށް ޝައްކުވެއެވެ. އަދި ނަގުދު ފައިސާ ގިނަ އަދަދަކަށް ޖަމާކޮށް އެކައުންޓުން ނަގާފައިވާކަންވެސް އެމްއެމްއޭއިން ފާހަގަކުރެއެވެ. މަނީ ލޯންޑާކުރުމުގައި އާންމުކޮށް ބޭނުންކުރަނީ ނަގުދު ފައިސާކަން ފާހަގަކުރެވެއެވެ.

އެމްއެމްއޭގެ އެފްއައިޔޫގެ މި ރިޕޯޓަކީ 2018 ވަނަ އަހަރުގެ ޖަނަވަރީ 16 ވަނަ ދުވަހު ނެރުނު ރިޕޯޓެކެވެ. ސަރުކާރު ބަދަލުވުމާއެކު މި ރިޕޯޓުގައި ހުރި ބައެއް މައްސަލަތައް ތަހުގީގުކުރަން އެމްޑީޕީގެ ސަރުކާރުން ފެށިއެވެ.

"ތޭރަ އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮރަޕްޝަނާއި ޚިޔާނާތުގެ މި މައްސަލަތައް އެއިރުގެ ސަރުކާރުން ނުބަލަން ނިންމީ ޕީޕީއެމް/ޕީއެންސީގައި ހުންނަވައިގެން އެ ކޯލިޝަނުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނާ ދެކޮޅަށް ސިއްރިއްޔާތުގައި މަސައްކަތްކުރެއްވުމަށް މުއިއްޒު އެމްޑީޕީއާއެކު ހެއްދެވި ޑީލެއްގެ ތެރެއިންނެވެ

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved