March 9, 2026
Advertisement
ފިނޭންސް މިނިސްޓްރީގެ 7 ވަނަ ނައިބު ވަޒީރު
ފިނޭންސް މިނިސްޓްރީގެ 7 ވަނަ ނައިބު ވަޒީރު / ފިނޭންސް މިނިސްޓްރީ

ސަރުކާރުން އަންނަނީ އަދިވެސް ޑެޕިޔުޓީން އައްޔަންކުރަމުން!

Aishath Naja
އައިޝަތު ނަޖާ
Apr 18, 2024, 08:04 PM
މާލެ ސިޓީ

މަޖިލިސް އިންތިހާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް ފިނޭންސް މިނިސްޓްރީއަށް އައު ޑެޕިޔުޓީ މިނިސްޓަރަކު އައްޔަނުކޮށްފި އެވެ.

Advertisement

ސިޔާސީ މަގާމުތަކަށް އިސްތިސްނާ ހާލަތެއްގައި މެނުވީ މީހުން އައްޔަނު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީން ވަނީ އެ މަގާމަށް އައްޔަނުކުރި އައްޝަތު އުމައިމާ އަށް މަރުހަބާ ކިޔައި, އެކްސްގައި ޕޯސްޓެއް ކޮށްފައެވެ.

އަދި މިއީ ފިނޭންސް މިނިސްޓްރީއަށް އައްޔަނުކުރި ހަތް ވަނަ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ފާހަގަކޮށްލެވެއެެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ސާކިޔުލާއެއް ނެރެ ޚަރަދުތައް ކުޑަ ކުރުމަށް އަންގާފައެެވެ. ނަމަވެސް އެ މިނިސްޓްރީގެ އަމިއްލަ ސާކިޔުލާއާ ޚިލާފަށް މިވަނީ ޑެޕިޔުޓީ މިނިސްޓަަރަކު އައްޔަންކޮށްފައެވެ.

މަތިބަރު ސަރުކާރެއް ނޫންކަމަށް ސަރުކާރުން ދައުވާ ކުރާއިރު، މި ސަރުކާރުން އަންނަނީ އެކި އެކި މިނިސްޓްރީތަކަށް ޑެޕިޔުޓީ މިނިސްޓަރުން އައްޔަންކުރަމުންނެވެ.

ސިޔާސީ މަގާމްތައް ގިނަ ނުކުރާނެކަމަށް ރިޔާސީ ބަޔާން އިއްވި ދުވަހު ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެމަނިކުފާނުގެ ބަހާ އަމަލާ ދިމާނުވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved