ރާއްޖޭގައި ގާއިމްވެފައި ތިބި އިންޑިޔާ ސިފައިންގެ މައްސަލަ އަދިވެސް ހައްލުވެފައި ނުވާތީވެ، ކުރީ ސަރުކާރުގައި އެމަނިކުފާނު އިސްވެ ހުންނަވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެއްޓެވި އިންޑިޔާ އައުޓް ކެމްޕެއިން އަލުން ފައްޓަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލާގައި ހައި ކޯޓުން އެ ހުކުމް ބާތިލް ކުރި އަޑުއެހުމަށް ފަހު ހައި ކޯޓު ބޭރުގައި ހުންނަވައި މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުން، ބޭރު ގައުމެއްގެ ނުފޫޒު ރާއްޖެއަށް އޮތުމަކީ އުނދަގޫކަމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑަށް ނުނިދޭ ކަންކަން އެބަ ހުރި، އަޅުގަނޑު ގަބޫލެއް ނުކުރާނަން ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ދާއިމަށް ގާއިމުވެ މަރުކަޒު ހަދައިގެން ތިބެން ވާނެ ކަމަކަށް، އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެންގެ ދެކުނު ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހަމަ އެހެން އޮންނަން ވާނެ ކަމަށް، އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތަށް ބޭރުގެ ބަޔަކު ބަސް ބުނެގެންވާނެ ކަމަކަށް
އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ގަރާރެއް ވެސް އިންޑިޔާ އައުޓް އާ ދެކޮޅަށް ނެރުނު އިރު މި ސަރުކާރު އައި ފަހުން ވެސް އެ ގަރާރު ބާތިލްކޮށްފައެއް ނުވާތީވެ ރައީސް ޔާމީން ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.