March 28, 2026
Advertisement
ރައީސް ޔާމީން ފްރޮންޓް އޮފީހުގައި ވާހަކަދައްކަވަނީ
ރައީސް ޔާމީން ފްރޮންޓް އޮފީހުގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ރައީސް މުއިއްޒު ދައްކާ ވާހަކަ ހަމައެއް ނުޖެހޭ، އެއަށް ކިޔަނީ ދޮގު ހެދުން: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Apr 19, 2024, 11:28 PM
މާލެ ސިޓީ

ރައީސް މުއިއްޒު ދައްކަވާ ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށާއި އެއަށް ކިޔަނީ ދޮގު ހެދުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ މައްޗައް ކޮށްފައިވާ ހުކުމް މިރޭ ހައި ކޯޓުން ބާތިލް ކުރުމާއެކު އެ ސަރަހައްދުގައި ހުންނަވާ މީޑިއާ ވާހަކަދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ރައީސް މުއިއްޒަށް ކުރެއްވި ކޯލަށާއި މެސެޖަށް ޖަވާބެއް ނުދެއްވި ކަމަށެވެ.

މުއިއްޒު އެކަން ދެކޮޅު ޖައްސަވަން ކޮންކަހަލަ ވާހަކަތަކެއްތޯ އެ ދެއްކެވީ، މީޑިއާގެ ކުރިމަތީގަ ސިޔާސީ ވެރިޔަކު އައިސްފަ އެއްފަހަރު ދައްކާ ވާހަކައެއް ދެފަހަރު ތިންވަނަ ފަހަރު ހަތަރުވަނަ ފަހަރު ދެކޮޅު ނުޖެހޭ ގޮތަށް ދައްކަންޏާ އެއަށް ކިޔާނީ ދޮގުހެދުން ދެއްތޯ

ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވީ ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކޮށް ދައްކާ ވާހަކަތައް ދެކޮޅު އެެއްވެސް ވަރަކަށް ނުޖެހޭ ކަމަށެވެ.

އަޅުގަނޑަކަށް ނޭނގޭނެ ދެއްތޯ މުއިއްޒު ވިސްނަވާވަޑައިގަންނަވާ ގޮތެއް، އަޅުގަނޑު މި ދެންނެވީ އަޅުގަނޑާ ހަމައިން އަޅުގަނޑު އަތް ދިއްކޮށްލީމޭ، އެ އަތުގަ ހިފަން މުއިއްޒު ދެކޮޅު ހެއްދެވީ ކީއްވެ ކަމެއް އަޅުގަނޑަކަށް ނޫން ދެއްތޯ

ރައީސް ޔާމީން ވިދާޅުވިއެވެ

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވަން ވެގެން ރައީސް މުއިއްޒަށް އަތް ދިއްކޮށްލިކަމަށެވެ. ނަމަވެސް އެ އަތުގައި ރައީސް މުއިއްޒު ހިފަން ދެކޮޅު ހެދި ސަބަބެއް ނޭނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved