ރައްޔިތުން މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު މާލޭގެ މަގުތަކުގައި ބަރު އުޅަނދުތައް ދުއްވުން ޓްރާންސްޕޯޓު މިނިސްޓްރީން މަނާކޮށްފި އެވެ.
އެ މިނިސްޓްރީން ގެޒެޓްކުރި އިއުލާނެއްގައި ވަނީ ފަސް ކެޓަގަރީއެއްގެ އުޅަނދު ވޯޓުލުން ކުރިއަށްދާ ވަގުތު ދުއްވުން މަނާކޮށްފަ އެވެ.
އެއީ :
C2 - ކެޓަގަރީގައި ހިމެނެނީ މުދާ އުފުލާ އުޅަނދު، އުފުލޭ ބަރުދަން 2000 ކިލޯ (2 ޓަން) އިން ފެށިގެން 4000 ކިލޯ (4 ޓަން) ހަމަނުވާ އެއްގަމު އުޅަނދު
C0 - ކެޓަގަރީގައި ހިމެނެނީ މުދާ އުފުލާ އުޅަނދު، އުފުލޭ ބަރުދަން 4000 ކިލޯ (4 ޓަން) އިން ފެށިގެން މަތީގެ އެއްގަމު އުޅަނދު
D - ކެޓަގަރީގައި ހިމެނެނީ އާޓިކިއުލޭޓް އުޅަނދުފަހަރު ނުވަތަ ތިން އެކްސެލްއަށްވުރެ ގިނަ އެކްސްއެލް ހުންނަ އެއްގަމު އުޅަނދު
E - ކެޓަގަރީގައި ހިމެނެނީ B,C ނުވަތަ D ކެޓަގަރީގެ އުޅަނދެއްގައި ޓްރެއިލަރެއް ޖަހައިގެން ދުއްވާ އެއްގަމު އުޅަނދު
މި ކެޓަގަރީތަކުގެ އުޅަނދުތައް ދުއްވުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މަނާކޮށްފަ އެވެ.