March 9, 2026
Advertisement
ރައީސް މުއިއްޒު ރަށަކަށް ވަޑައިގެން ސަލާން ކުރައްވަނީ
ރައީސް މުއިއްޒު ރަށަކަށް ވަޑައިގެން ސަލާން ކުރައްވަނީ / ޓްވިޓަރ

ޕީއެންސީގެ ހިނގާލުމުގަ ބައިވެރިވާން ސަރުކާރު މުވައްޒަފުންނަށް މަޖުބޫރު ކޮށްފި

Azhan Ibrahim
އަޒްހާން އިބްރާހިމް
Apr 20, 2024, 08:43 PM
މާލެ ސިޓީ

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ނިންމުމުގެ ގޮތުން މިއަދު ހަވީރު ބާއްވަން ކޮންގްރެސް ޕާޓީން ބާއްވާ ހިންގާލުމުގައި ބައިވެރިވުމަށް ސަރުކާރު މުވައްޒަފުންނަށް މަޖުބޫރުކޮށްފި އެވެ.

Advertisement

ޗެނަލް13 އަށް މައުލޫމާތު ދެމުން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ މާލޭ ސިޓީއާއި ރާއްޖޭގެ ބައެއް ރަށްތަކުގައި މިއަދު ބާއްވާ ހިނގާލުމުގައި ބައިވެރިވުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް އެކުންފުނިތަކުގެ ވެރިން އަންގާފައިވާކަމަށެވެ. އަދި ހާޒިރީ ބަލާނެ ކަމަށާއި އެހެންކަމުން ހިނގާލުމުގައި ބައިވެރިވުމަކީ މަޖުބޫރު ކަމެއްކަމަށް ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުން އެމީހުން ނިސްބަތްވާ ވުޒާރާތަކުގައި މަސައްކަތް ކުރާ ސިވިލް ސާވަންޓުންނަށްވެސް މި ހިނގާލުމުގައި ބައިވެރިވުމަށް މަޖުބޫރުކޮށްފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ. މިގޮތަށް ކަންތައް ކުރަން އެންގީ ރައީސް އޮފީހުންނެވެ.

ރައީސް މުއިއްޒު ސިޔާސީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެފައިވާއިރު އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރައްވާ ބޭފުޅުން ގެންދަވަނީ މާދަމާ އޮންނަ އިންތިހާބަށް ނުފޫޒު ފޯރުވަން އެކި ގޮތްގޮތުން މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިއަދުވެސް ވަނީ ގިނަ އަދަދެއްގެ ވަޒީފާތަކަކަށް މީހުން ނެރެފަ އެވެ. އޭގެ ތެރޭގައި މިފްކޯ، އެމްޓީސީސީ އަދި ފެނަކަ ފަދަ ކުންފުނިތަކުގެ ވަޒީފާތައް ހިމެނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved