March 9, 2026
Advertisement
ޑރ މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގެ
ޑރ މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގެ / ރައީސް އޮފިސް

ސަރުކާރުން އިންތިހާބަށް ބަހާފައިވާ ވަޒީފާތައް އަންނަ މަހު އުވައިލާނެ

Azhan Ibrahim
އަޒްހާން އިބްރާހިމް
Apr 20, 2024, 09:20 PM
މާލެ ސިޓީ

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓުން އެދިގެން ސަރުކާރުން ބެހި ވަޒީފާތައް އަންނަ މަހު އުވައިލާނެކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

Advertisement

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެކި ވުޒާރާތަކުން ގިނަ އަދަދެއްގެ ވަޒީފާތައް މިފަހުން ވަނީ ބަހައިފަ އެވެ. އެގޮތުން ޑެޕިއުޓީ މިނިސްޓަރުންނާއި، ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ނަމުގައި މަގާމުތަކެއް އުފައްދައި މުވައްޒަފުން ވަނީ ނަގައިފަ އެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އެކި ސިޔާސީ މަގާމުތައް އުފައްދައި އެމަގާމުތަކަށް މީހުން ވަނީ ނަގައިފަ އެވެ.

ޗެނަލް 13 އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލިސް އިންތިހާބު ނިމުމުން މީގެ ތެރެއިން ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރާނެ އެވެ. އަދި އަނެއްބައި މުވައްޒަފުންގެ މަގާމުތައް ދަށްކުރާނެ އެވެ. އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ނަމުގައި އުފެއްދި ހުރިހާ މަގާމެއް މުޅިން އުވައިލާނެކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

މީގެ އިތުރުން ބައެއް ކުންފުނިތަކުގެ އެމްޑީންނަށް ތިއްބެވި ބޭފުޅުންވެސް ބަދަލުކުރަން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ. ރަށްރަށުގެ އިންޖީނުގެތަކުގެ މެނޭޖަރުންނާއި ފެނަކަ އޮފީސްތަކުގެ އިސް މަގާމުތަކަށްވެސް ބަދަލު ގެންނާނެކަމަށް ވަނީ އެނގިފަ އެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެއް އިތުރު ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް މިހާރުވެސް އެކި ސިޔާސީ މަގާމުތަކުގައި ހާހަކަށްވުރެއް އިތުރު ސިޔާސީ މުވައްޒަފުން އެބަ ތިއްބެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved