

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ޤާނޫނާ ޚިލާފަށް ކެމްޕެއިން ކުރަމުންގެންދާކަން ހާމަވެއްޖެއެވެ.
ސޯޝަލް މީޑިޔާ ޕްލެޓްފޯރމްގައި ޕީއެންސީ އަށް ނިސްބަތްވާ އެކި އެކި ފަރާތްތަކުން އަންނަނީ އިދިކޮޅު ޕާޓީ އެމްޑީޕީ އަށް މަޖިލީހުގެ ގޮނޑި ނުދިނުމަށް ގޮވާލަމުންނެވެ.
އެގޮތުން ސަރުކާރުގެ ބައެއް ވުޒާރާ ތަކުގައި މަސައްކަތް ކުރާ ފަރާތްތައް ހިމެނެއެވެ.
ޔޫތް މިނިސްޓްރީގެ ދެ ނައިބުން ކަމަށްވާ ޝިއުނާ އަދި މަލްޝާ ވެސް ވަނީ ކެމްޕެއިންނަށް ވާފަދަ ޕޯސްޓް ކުރައްވާފައެވެ.
ސަރުކާރުގެ ބައެއްް ކެންޑިޑޭޓުންގެ ކެމްޕެއިން މެސެޖް ތަކެއް ވެސް ވަނީ ދާއިރާތަކުގެ ރައްޔިތުންނަށް ފޮނުވާފައެެވެ.
ނަމަވެސް މަޖިލިސް އިންތިޚާބަށް ހަމަޖައްސާފައިވާ ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ކެމްޕެއިން ކުރައްވަމުން ގެންދަވަނީ އެމްޑީޕީން ކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓް ކުރައްވާފައެވެ.
މިއަދު އިރުއޮއްސި ހަޔަކާ ހަމައަށް ކެމްޕެއިން ކުރުމުގެ ވަގުތުވަނީ ހަމަވެފައި. ނަމަވެސް އިދިކޮޅުގެ ކެންޑިޑޭޓުން މިވަގުތުވެސް ރަށްރަށުގައި ކެޕްމެއިން ކުރަމުންދާކަން ފާހަގަކުރަން. މިފަދަ ކަންކަމަށް އިލެކްޝަންސް ކޮމިޝަނުން އަވަހަށް އެޓެންޑްވާންޖެހޭ. @ElectionsMv
— Heena Waleed 🇲🇻 (@HeenaWaleed) April 20, 2024
ހީނާ ގެ ޕޯސްޓްގައި ބުނެފައިވަނީ ކެމްޕެއިން ކުރަން މަނާކޮށްފައިވާ ވަނިކޮށް އެމްޑީޕީން ރާއްޖޭގެ ބައެއް ރަށްރަށުގައި ކެމްޕެއިން ކުރައްވަމުން ގެންދާކަމަށެވެ. އަދި މިފަދަ ކަންކަމަށް އީސީން އެޓެންޑް ވާން ޖެހޭ ކަމަށެވެ.
ހީނާ މިފަދައިން ޕޯސްޓް ކުރައްވާފައިވާއިރު ރައީސް މުއިއްޒަށް ސަނާ ކިޔާ ދެތިން އެކްޓިވިސްޓުން ވަނީ އީސީގެ ގާނޫނާ ހިލާފަށް ކެމްޕެއިން ކުރައްވާފައެވެ.
އެމްޑީޕީއަކީ ފެށުނީއްސުރެއް ދީނަށް ފުރައްސާރަ ކުރާ ޕާޓީއެއް. މިފަހަރު ރައްޔިތުން ބުނަމުން ދަނީ "NO" އޭ pic.twitter.com/GVsvssVUcC
— Lujain (@lujeinmv) April 21, 2024
އަދަބެއް އަޚުލާގެއް ނެތް މުޑުދާރު ބަޔަކަށް މަޖިލިސް މެޖޯރިޓީއެއްދޭން ބޭނުމެއްނޫން. @MDPSecretariat #SayNoToMDP pic.twitter.com/NoNLwKvBcQ
— Soofi (@maaaaash17) April 21, 2024