March 20, 2026
Advertisement
މަޖިލިސް އިންތިހާބުގައި ވޯޓުލަނީ
މަޖިލިސް އިންތިހާބުގައި ވޯޓުލަނީ / ސޯޝަލް މީޑިއާ

ހަތަރެއް އިން ސައްތަ މަރުކަޒުތަކުގައި ހުރީ ވޯޓުގެ ސިއްރުކަން ގެއްލޭހެން: ޓްރާންސްޕޭރެންސީ

Mariyam Isaadha
މަރިޔަމް އިސާދާ
Apr 21, 2024, 10:30 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ %4 މަރުކަޒުގައި އިންތިޒާމުތައް ހުރީ ވޯޓުގެ ސިއްރުކަން ގެއްލޭނެހެން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.

Advertisement

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިފަދައިން ހާމަކޮށްފައިވަނީ އިންތިހާބުގެ ވޯޓުލުން ފެށުން އޮބްޒާވު ކުރުމަށް ފަހު ނެރުނު ބަޔާނެއްގައެވެ.

ބަޔާނުގައި ބުނެފައިވަނީ އިންތިހާބުގައި ވޯޓުލާ 205 ފޮށި އެ ޖަމިއްޔާ އިން އޮބްޒާވް ކުރަމުން އަންނަ ކަމަށެވެ.

ޓްރާންސްޕޭރެންސީ އިން ބުނި ގޮތުގައި މަޖިލިސް އިންތިހާބުގެ ވޯޓުލުން ފެށިއިރު އިންތިޒާމުތައް ހުރީ ޖުމްލަކޮށް ރަނގަޅަށެވެ.

ވޯޓު ފޮށިތަކުގެ 96 އިން ސައްތަ ފޮށިތަކުގެ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރަން ހަރުދަނާ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް އެ ޖަމްއިއްޔާ އިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އިންތިޒާމްތައް ހަމަޖެހިފައި ހުރި ގޮތުން ވޯޓުގެ ސިއްރުކަން ގެއްލިދާނެކަމަށް ފެންނަ %4 މަރުކަޒު ޓްރާންސްޕޭރެންސީ އިން އޮބްޒާވު ކުރަމުން އަންނަ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved