ވޯޓު ފޮއްޓެއް ބަންދުކުރަނީ / ޝަފްރާޒް | ތޭރަ އިމޭޖްސް
ސިޔާސީ
ސުންގަޑި ހަމަވުމާއެކު ފޮށިތައް ބަންދުކުރަން ފަށައިފި
Mariyam Isaadha
މަރިޔަމް އިސާދާ
21 އޭޕްރީލު 2024
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލިަށް މެމްބަރުން އިންތިހާބުކުރުމަށް ބޭއްވި އިންތިހާބުގެ ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފިއެވެ.

މިއަދު ހެނދުނު 8:00 އިން ފެށިގެން ވޯޓުލުން ފެށުނުއިރު ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހަވީރު 5:30 ހާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގެ ވޯޓު ނެގުމުގެ ވަގުތު ހަވީރު 5:30 އަށް ހަމަވެ ކިއުތައްވަނީ ބަންދުކުރެވިފައި ވާކަމުގައެވެ.  އަދި ކިއުގައި މީހުން ތިބިނަމަ އެ ބޭފުޅުން ވޯޓުލާ ނިމުމުން ވޯޓުފޮށި ބަންދުކުރެވޭނެ ކަމަށްވެސް އީސީން ބުނެފައި ވެއެވެ.
ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް ވޯޓުލާފައި ވަނީ 160،158 މީހުންނެވެ. އެއީ 88،230 އަންހެނުންނާއި 93،176 ފިރިހެނުންނެވެ. އެހެންކަމުން މިހާތަނަށް ވޯޓުލީ %63.73 މީހުންނެވެ.

4:00 ޖެހުމާއި ހަމައަށް ވޯޓު ނުލާ ތިބީ 103،257 މީހުންނެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 284،663 މީހުންނަށެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 139،361 އަންހެނުންނަށާއި 145،302 ފިރިހެނުންނަށެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރިއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved