20 ވަނަ ރައްޔުތުންގެ މަޖިލިސް އިންތިޚާބްގެ ކަންކަން ކުރިއަށްގެންދިޔައީ ބައިނަލްއަގްވާމީ ފެންވަރުގައި، އަދި އެހާމެ ފުރިހަމަކަމާއެކު ކަމަށް މަޖިލިސް އިންތިހާބު އޮބްޒާވް ކުރަން އައި ބޭރުގެ ފަރާތްތަކުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާ ބެހޭ މަރުކަޒުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ބޭރުގެ އޮބްޒާވަރުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.
އިންތިހާބުގެ އެންމެހާ ކަންކަން ކޮށްފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ކަމަށާއި މިއީ އެހެން ގައުމުތަކުން ނަމޫނާއަކަށް ބަލަންވީ ކަމެއް ކަމަށް އެބޭފުޅުން ފާހަގަކުރެއްވިއެވެ.
އޮބްޒާވަރުން ފާހަގަކުރެއްވި ގޮތުގައި އީސީން ޓެކްނޮލޮޖީގެ ބޭނުން ހިފާފައިވަނީ ވަރަށް ރަނގަޅަށެވެ.
އަދި ރީރެޖިސްޓްރޭޝަން ކަންކަމާއި ވޯޓުލީ މީހުންގެ އަދަދުގެ އަދާހަމަ ހާމަކުރުމުގެ ނިޒާމު އަވަސްވެފައި ފުރިހަމަ ކަމަށްވެސް އޮބްޒާވަރުން ފާހަގަކުރެއްވިއެވެ.