March 9, 2026
Advertisement
މާލެ-ކޮލަމްބޯ ޓިކެޓް އެންމެ 165 ޑޮލަރަށް
މާލެ-ކޮލަމްބޯ ޓިކެޓް އެންމެ 165 ޑޮލަރަށް / މޯލްޑިވިއަން

މާލެ ކޮލަމްބޯ ޓިކެޓް އެންމެ 165 ޑޮލަރަށް

Aminath Zara
އައިމިނަތު ޒާރާ
Apr 24, 2024, 10:29 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަން އިން ސްރީލަންކާގެ ކޮލަމްބޯއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފި އެވެ.

Advertisement

ކޮލަމްބޯއަށް ފަށާ ދަތުރުތަކުގެ ޓިކެޓް ވިއްކާ އެންމެ ހެޔޮ އަގަކީ 165 ޑޮލަރުކަމަށް އެ އެއާލައިން އިން ބުނެފައިވާއިރު، މި ދަތުރުތައް މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކުރުމަށް ވަނީ ތައްޔާރުވެފައެވެ. މާލެ-ކޮލަމްބޯ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަސްތަކުގައެވެ.

މީގެ އިތުރުން، މި ރޭޓްގެ ފެއާގައި 30 ކިލޯގެ ބެގޭޖް އަދި މީލް ލިބޭނެކަމަށްވެސް ހާމަކޮށްފައިވެއެވެ. އަދި ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލުން ފަސިންޖަރުންނަށް ކޮމްޕްލިމެންޓަރީ ބެނެފިޓްސް ލިބޭނެކަމަށްވެސް މި ފަރާތުން މަޢުލޫމާތުދެއެވެ.

އެ ގޮތުން ހިލޭ މެޑިކަލް ކޮންސަލްޓޭޝަނާއި މެޑިކަލް ހިސްޓްރީ އިވެލުއޭޝަން ލިބޭނެ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ. މީގެ އިތުރުން ޑެންޓަލް ޗެކަޕް އާއި ބޮޑީމާސް އިންޑެކްސް އަދި ލޮލުގެ ފެނުން ހިލޭ ޓެސްޓް ކުރެވޭނެ ކަމަށްވެސް މޯލްޑިވިއަން އިން ބުނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved