March 21, 2026
Advertisement
މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ
މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ / ސޯޝަލް މީޑިއާ

އައު މެމްބަރުން ހުވާކުރުން މެއި މަހުގެ 28ގައި އޮންނާނެ: މަޖިލިސް

Mariyam Isaadha
މަރިޔަމް އިސާދާ
Apr 23, 2024, 06:26 PM
ކަޝްމީރް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު މެއި މަހުގެ 28 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަ ޖައްސައިފިއެވެ.

Advertisement

އީދު ބަންދަށް މެދު ކަނޑާލުމަށް ފަހު މިއަދު މަޖިލީހެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ރައްޔިތުންގެ އަލަށް އިންތިހާބު ކުރި 93 މެންބަރުން ތިއްބަވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޤާނޫނު އަސާސީގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރުން 28 މެއިގައި ބާއްވާނެ ކަމަށާއި އެ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރަން ފަށާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހާރު އޮތް ދައުރު މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. މި ދައުރުގެ ފަހު ޖަލްސާ އޮންނާނީ މެއި 13 ވަނަ ދުވަހުއެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ އީސީއިން ވަނީ މިހާރު އިއުލާން ކޮށްފައެވެ.

ސަރުކާރު ހިންގާ ކޮންގްެރެސް ޕާޓީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައިވެއެވެ. އެ ގޮތުން ކޮންގްރެސްއަށް 93 ގޮނޑީގެ ތެރެއިން 66 ގޮނޑި ލިބުނެވެ. ވާދަވެރި އިދިކޮޅު އެމްޑީޕީއަށް 12 ގޮނޑިއެވެ. މިނިވަން ގިނަ މެންބަރުންނާއި ގާސިމާއި ސިޔާމަކީ ވެސް ސަރުކާރަށް ތާއީދު ކުރާ މެންބަރުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved