March 21, 2026
Advertisement
އަލީ އާޒިމް
އަލީ އާޒިމް / މަޖިލިސް

މި މަޖިލީހުން ރައްޔިތުންނާ ގުޅުން ހުރި ކަންކަން ނިންމުމަކީ އެހާ ރަނގަޅުކަމެއް ނޫން ދެން: އާޒިމް

Aishath Naja
އައިޝަތު ނަޖާ
Apr 23, 2024, 10:14 PM
މާލެ ސިޓީ

19 ވަނަ ރައްޔިތުން މަޖިލީހުގައި ތިއްބަވާ މެންބަރުންނަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށާއި އެ މަޖިލީހުން ދެން ރައްޔިތުންނާ ގުޅޭ ކަންކަން ނިންމުމަކީ އެންމެ ބުއްދިވެރި ގޮތް ނޫންކަމަށް ރައްޔިތުން މަޖިލީހުގެ މެދު ހެންވެއިރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Advertisement

އާޒިމް މިފަދައިން ވިދާޅުވީ އަންގާރަ ދުވަހު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަންގާރަ ދުވަހުގެ ޖަލްސާއަކީ 20 ވަނަ ރައޔްިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް މި މަހުގެ 21 ވަނަ ދުވަހު ބެއްވި އިންތިހާބަށްފަހު ބޭއްވި ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެވެ.

އެހެންކަމުން ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތަކީ ރައްޔިތުންގެ ފަރާތުން މަޖިލީހުގެ ތަޅުމުގައި ވަކާލާތުކޮށް ގާނޫނުތަކެއް ހަދާ އަދި އެ މެމްބަރުންގެ މައްޗަށް ގާނޫނު އަސާސީން ލާޒިމްކުރާ ނިންމުންތަކެއް ނިންމުން ކަމަށެވެ.

"ރައްޔިތުން އިހައް ދުވަހަކު ބުނެފި މި މަޖިލީހުގެ 90 އިންސައްތަ މީހުން ނުވަތަ މެމްބަރުންނަކަށް އިތުބާރެއް ނެތޭ! 10 ޕަސެންޓުވެސް ނެތް މިހާރަކު މިތާ ތެރޭގައި،" އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ މެދުކެނޑުމެއް ނެތި ރައްޔިތުންގެ މަޖިލިސް ދެމި އޮންނަން ޖެހޭކަމަށް ގާނޫނު އަސާސީ ބުނެފައިވާތީ މުހިންމު ކަމެއް ދިމާވެދާނެކަމަށްޓަކައި އެ މަޖިލިސް ދެމި އޮތްކަމުގައި ވިޔަސް އެ މަޖިލީހުން ކަންކަން ނިންމުން މަޑުޖައްސައިލަން ޖެހޭކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved