March 19, 2026
Advertisement
ހީނާ ނޫސްވެރިންނާ ވާހަކަދައްކަވަނީ
ހީނާ ނޫސްވެރިންނާ ވާހަކަދައްކަވަނީ / އަދަދު

ރައީސް އޮފީހުގެ އިސް ތަރުޖަމާނަކަށް ހީނާ!

Aishath Naja
އައިޝަތު ނަޖާ
Apr 24, 2024, 12:21 AM
މާލެ ސިޓީ

ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމަށް، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު އައްޔަންކުރައްވައިފި އެވެ.

Advertisement

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ހީނާ މި މަގާމަށް އައްޔަންކުރެއްވީ ހީނާ މިހާރު އަދާކުރައްވަމުން ގެންދަވާ އެންސްޕާގެ ސީއީއޯގެ މަގާމުވެސް އަދާކުރައްވާ ގޮތަށެވެ.

އަދި ރައީސް އޮފީހުގެ ތަރުޖަމާނުގެ ގޮތުގައި އަދާކުރައްވާ ވަޒީފާއަށް ހީނާ މުސާރަ ނުނަންގަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމްގައި ހުންނެވި ކުރީގެ ބްރޯޑް ކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް އެ މަގާމުން ވަކި ކުރުމަށްފަހު ހީނާ އެ މަގާމަށް އައްޔަން ކޮށްފައި މިވަނީ 4 މަސް ފަހުންނެވެ.

އެ މަގާމުގައި އެއްވެސް ފަރާތެއް ނެތިގެން ނޫސްވެރިން ވަނީ އެތައްފަހަރެއްގެ މަތިން ކަންބޮޑުވުން ފާޅުކޮށްފައެެވެ.

ހީނާ މި މަގާމަށް އައްޔަން ކޮށްފައި މިވަނީ 23 އޭޕްރިލް ވީ އަންގާރަ ދުވަހުއެވެ.

ދާދިފަހުން ހީނާ މިވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ ތަރުޖަމާނުގެ މަގާމްގައި ހުންނަވާ މަޖިލިސް އިންތިޚާބްގެ ކަންކަމުގެ މައުލޫމާތު ވެސް ނޫސްވެރިންނާ ހަމަޔަށް ފޯރުކޮށްދީފައެވެ.

ހީނާ އަކީ ނޫސްވެރިކަމުގެ ދާއިރާގައި އެކި އެކި ގޮަތް ގޮތުން ތަޖުރިބާ ހޯދާފައިވާ އަދި ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި އެތައް އަހަރެއްވަންދެން ހިދުމަތްކޮށްފައިވާ ފަރާތެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved