އިންފްލުއެންޒާ ޖެހޭ މިންވަރު އިތުރުވަމުން ދާތީ ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިުވާ މައުލޫމާތަށް ބަލާއިރު މި މަހުގެ މިހާތަނަށް 19 މީހަކަސް އިންފުލުއެންޒާ ވަނީ ޖެހިފައެވެ. އިތުރަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު 2023 ވަނަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ އަޅާ ބަލާއިރު، 2024 ވަނަ އަހަރުގެ މިހާތަނަށް އިންފްލުއެންޒާ ޕޮސިޓިވްވާ މިންވަރު އިތުރުވެފައިވާކަން ފާހަގަ ކޮށްފައިވެއެވެ.
އެހެންކަމުން ސަރަހައްދީ ގައުމުތަކުގައި ވެސް އިންފްލުއެންޒާ އަދި ކޮވިޑް ފަދަ އަރިދަފުސް ރޯގާތައް އިތުރު ދުވަސް ވަރަކަށް ވެފައި ސްކޫލް ބަންދާއި ދިމާކޮށް ދަތުރު ފަތުރު ކުރުން އިތުރުވާމާއި ގުޅިގެން މިދުވަސްވަރު އިންފްލުއެންޒާ ރާއްޖޭގައި ވެސް ފެތުރޭ މިންވަރު އިތުރުވަމުންދާތީ އެޗްޕީއޭއިން ވަނީ އިންފްލުއެންޒާ އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެންމެ މުހިންމީ ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައެވެ.
ހާއްސަކޮށް ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުންނަ ފަރާތްތަކުން ވެކްސިން ޖެހުމަށް އިސްކަން ދިނުމަށް ވެސް ގޮވަލާފައިވެއެވެ.
އެޗްޕީއޭއިން އާންމު ކުރި އިންފްލުއެންޒާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:
މިދިޔަ ސެޕްޓެމްބަރު: 41 މީހަކު ޕޮޒިޓިވްވެފައިވޭ
މިދިޔަ އޮކްޓޯބަރު: 46 މީހަކު ޕޮޒިޓިވްވެފައިވޭ
މިދިޔަ ނޮވެމްބަރު: 24 މީހަކު ޕޮޒިޓިވްވެފައިވޭ
މިދިޔަ ޑިސެމްބަރު: 24 މީހަކު ޕޮޒިޓިވްވެފައިވޭ
މި މަހުގެ މިހާތަނަށް: 19 މީހަކު ޕޮޒިޓިވްވެފައިވޭ
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި ހަތަރު މަހާއި ބައިގެ ތެރޭގައި ރާއްޖޭގައި 154 އިންފްލުއެންޒާގެ ކޭސް ފެނިފައިވެ އެވެ. އަދި ރާއްޖެއިން އެންމެ ގިނައިން ފެނިފައިވާ އިންފްލުއެންޒާގެ ވައްތަރަކީ އިންފްލުއެންޒާ އޭގެ H1N1 އެވެ.
ރާއްޖޭގައި އިންފުލުއެންޒާ ފެތުރެމުން ދާއިރު, ތިން މީހަކަށް މި ވަގުތު ދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ. އަދި މިދިޔަ މަހެއްހާ ދުވަސްތެރޭގައި އެ ބަލީގައި މީހަކު ނިޔާވެފައި ވެސް ވެއެވެ.