March 20, 2026
Advertisement
މެމްބަރު ރޮޒައިނާ އާދަމް
މެމްބަރު ރޮޒައިނާ އާދަމް / މަޖިލިސް

މަޖިލީހުގެ %33 އަންހެނުންނަށް ހާއްސަކުރުމަށް ގާނޫނުއަސާސީއަށް އިސްލާހެއް!

Aishath Naja
އައިޝަތު ނަޖާ
Apr 24, 2024, 02:19 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދުގެ ތެރެއިން 33 އިންސައްތަ އަންހެނުންނަށް ހާއްސަކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފިއެވެ.

Advertisement

ގާނޫނު އަސާސީއަށް މި އިސްލާހު ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ.

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައިވަނީ މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.

ރޮޒައިނާ އިސްލާހު ހުށަހެޅުއްވީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް އަކުރުތަކެއް އިތުރު ކުރުމަށެވެ.

އެ އިސްލާހުގައި ވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދުގެ ތެރެއިން 33 ޕަސަންޓް ހާއްސަކުރަންވާނީ އަންހެނުންނަށް ކަމަށާއި އަންހެން މެމްބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅަންވާނީ ގުރުއަތުލައިގެން ކަމަށެވެ.

އިސްލާހުގައިވާ ގޮތުން އަންހެން މެމްބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅާނީ ހަމަހަމަވާނެ އުސޫލަކުން ދައުރުވަމުންދާ ގޮތަށެވެ.

އަދި މި އުސޫލު ކަނޑައަޅާނެ ގޮތް ގާނޫނަކުން ބަޔާންކުރަންވާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

އަދި މިގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ބާއްވާ ފުރަތަމަ މަޖިލިސް އިންތިޚާބު ބާއްވަންވާނީ މި އިސްލާހުގައި ބުނެފައިވާ ގާނޫނާއި އެއްގޮތަށްކަމަށްވެސް އިސްލާހުގައި ބުނެފައި ވެއެވެ.

19 މަޖިލިހަށް އެންމެ 4 މެމްބަރުން އިންތިޚާބުވިއިރު 20 ވަނަ މަޖިލީހަށް އިންތިޚާބުވެފައިވަނީ އެންމެ 3 މެމްބަރުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved