March 20, 2026
Advertisement
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ މަންޒަރެއް
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ މަންޒަރެއް / ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ކޯރަމް ހަމަނުވުމުން ޖަލްސާ ނުބޭއްވުނު!

Aishath Naja
އައިޝަތު ނަޖާ
Apr 24, 2024, 06:46 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުުގައި މިއަދު ބާއްވަން އުޅުނު ޖަލްސާއަށް ވަޑައިގެންނެވި މެމްބަރުންގެ އަދަދު ހަމަނުވުމުން ޖަލްސާ ކެންސަލްކޮށްފިއެވެ.

Advertisement

މަޖިލީހުގައި ޖަލްސާއެއް ބޭއްވޭ ވަރަށް ކޯރަމް ހަމަ ވަނީ 22 މެމްބަރުން ވަޑައިގެންނެވުުމުންނެވެ.

މިއަދުގެ ޖަލްސާ ހެނދުނު 9:00 ގައި ފަށަން ތާވަލުކުރި ނަމަވެސް އެވަގުތާ ހަމައަށް 22 މެމްބަރުން ވަޑައިނުގަންނަވާތީ ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިއުލާނުކުރެއްވީ ކޯރަމް ހަމަވޭތޯ 9:30 ވަންދެން ބައްލަވާނެ ކަމަށެވެ.

ކޯރަމް ހަމަނުވާތީ ޖަލްސާ ނުބޭއްވޭނެކަން އިއުލާނު ކުރެއްވީ އޭގެ ފަހުންނެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ހުރި ކަންތައްތަކުގެ ތެރޭގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ސުވާލުކުރުން ހިމެނެ އެވެ.

އޭނާއާ ސުވާލުކުރައްވަން ހުށަހަޅުއްވާފައި އޮތީ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސަ އެވެ.

މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު ނިމޭނީ މެއި 15، ގަ އެވެ. މަޖިލީހުގެ އާ މެމްބަރުން ހުވާކުރުމުގެ ރަސްމިއްްޔާތު އޮންނާނީ މެއި 28، ގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved