May 5, 2026
Advertisement
ޗިކުނުގުންޔާ ފެތުރެމުންދާތީ ސަމާލުވުމަށް އެޗް.ޕީ.އޭ އިން އިލްތިމާސްކޮށްފި
ޗިކުނުގުންޔާ ފެތުރެމުންދާތީ ސަމާލުވުމަށް އެޗް.ޕީ.އޭ އިން އިލްތިމާސްކޮށްފި / ސޯޝަލް މީޑިއާ

ޗިކުންގުންޔާ ފެތުރެމުންދާތީ ރައްކާތެރިވުމަށް އެޗް.ޕީ.އޭ އިން އިލްތިމާސްކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Apr 25, 2024, 05:37 PM
މާލެ ސިޓީ

ހަލުވި ސްޕީޑެއްގައި ޗިކުންގުންޔާ ފެތުރެމުންދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން މިއަދު އިލްތިމާސްކޮށްފިއެވެ.

Advertisement

އެޗް.ޕީ.އޭ އިން ހާމަކޮށްފައިވާ ގޮތުގައި އޭޕްރީލް މަހު އެކަނިވެސް މި ބަލީގެ މާލެ ސަރަޙައްދުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

self home remedies
self home remedies

ޗިކުންގުންޔާ އަކީ އީޑީސް އިޖިޕްޓައި މަދިރި ހެފުމުން ފެތުރޭ ވައިރަހެއް ކަމުގައިވާ އަލްފާވައިރަސް ގެ ސަބަބުން ޖެހޭ ވައިރަހު ހުމެކެވެ. އީޑީސް އިޖިޕްޓައި މަދިރިއަކީ ސާފު ފެނުގައި ބިސްއަޅައި އާލާވާ މަދިރިއެކެވެ. ޗިކުންގުންޔާ ހުން ޖެހެނީ ބަލީގެ ޖަރާސީމު ހުރި މަދިރިއެއް ހެފުމުގެ ސަބަބުންނެވެ

މަދިރި ފަސޭހައިން އުފެދޭ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށާއި، މަދިރިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއާލާ އެޅުމަށްވެސް މި އިދާރާއިން އިލތިމާސްކުރެއެވެ.

މި ބަލީގެ ޢަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއި، ހުޅުތަކުގައި ރިއްސުމާއި، މޭނުބައިކޮށް ހޮޑުލާ ވަރުބަލިވުން ފަދަ އަލާމާތްތައް ހިމެނެއެވެ. މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަށްވެސް އެޗް.ޕީ.އޭ އިން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved