April 29, 2026
Advertisement
އިންޖީނު ހަލާކުވެ ކަނޑުމަތީގައި ހާލުގައި ޖެހިފައިތިބި ފަރާތްތަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި
އިންޖީނު ހަލާކުވެ ކަނޑުމަތީގައި ހާލުގައި ޖެހިފައިތިބި ފަރާތްތަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި / މޯލްޑިވްސް ޕޮލިސް ސާރވިސް

އިންޖީނު ހަލާކުވެ ކަނޑުމަތީގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފި

Aminath Zara
އައިމިނަތު ޒާރާ
Apr 25, 2024, 10:25 PM
މާލެ ސިޓީ

28 މީހުންނާއި އެކު ހއ.ބާރަށުން 15:15 ހާއިރު ފުރައިގެން ދަތުރު ކުރަމުންދިޔަ "ޕޮލަރިސް ނެވިގޭޓާސް 2" ނަމަކަށް ކިޔާ ލޯންޗެއްގެ އިންޖީނު ހަލާކުވެގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެޓެންޑްވެފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

Advertisement

ޕޮލިސް ފޭސްބުކް ޕޭޖްގައި މިއަދު ނެރެފައިވާ ޕޯސްޓްގައި ކާށިދޫ ކަނޑު ތެރެއިން މި ލޯންޗް ފެނިގެން ފުލުހުން ވަނީ މި ފަރާތްތައް ރައްކާތެރިކަމުގެ ހިސާބަކަށް ގެންދިއުމަށް މަސައްކަތްކޮށްފައެވެ.

މި ލޯންޗްގައި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވެފައިވާ ފަރާތްތައްވެސް ތިބި ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ނަމަވެސް ލޯންޗްގައި އެވަގުތު ތިބި ޖުމުލަ އަދަދު ފާހަގަކޮށްފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved