March 10, 2026
Advertisement
ފެނަކަ އެމްޑީ މުއާޒު މުހައްމަދު ރަޝީދު
ފެނަކަ އެމްޑީ މުއާޒު މުހައްމަދު ރަޝީދު / ސަން އޮންލައިން

ފެނަކައިގެ މުވައްޒަފުން ދޫކޮށްލަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ނަގާފައި ތިބުމުން: މުއާޒު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 16, 2024, 08:50 PM
މާލެ ސިޓީ

ހއ. ދިއްދޫގައި ފެނަކައަށް ކޮންޓްރެކްޓް އުސޫލުން ނަގާފައިވާ މުވައްޒަފުން ތަކެއްގެ ކޮންޓްރެކްޓް އައު ނުކުރުމަށް ނިންމީ އެ މުވައްޒަފުންނަށް ވަޒީފައިވަނީ ގަސްތުގައި ކޮރަޕްޝަން ހިންގާ ދައުލަތަށް ގެއްލުންވާ އުސޫލަކުން ވުމުން ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

Advertisement

ދިއްދޫގައި ފެނަކައަށް ކޮންޓްރެކްޓް އުސޫލުން ނަގާފައިވާ މުވައްޒަފުން ތަކެއްގެ ކޮންޓްރެކްޓް އައު ނުކުރުމަށް ނިންމުމާ ގުޅިގެން އެރަށުގައި އިހުތިޖާޖު ކުރަމުން ގެންދާތީ އެކަމާ ގުޅިގެން ޗެނަލް13އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއާޒު ވިދާޅުވީ، އެ މުވައްޒަފުން ވަކިކުރީ ކޮންޓްރެކްޓު ހަމަވުމުން ކަމަށާއި އެ މުވައްޒަފުންނަކީ ފެނަކަ ކޯޕަރޭޝަންގެ ދިއްދޫ އާ އިންޖީނުގެ އެޅުމަށް ނަގާފައި ތިބި މުވައްޒަފުންތަކެއް ކަމަށެވެ.

އެގޮތުން މިހާރުވެސް މުވައްޒަފުންގެ ޚަރަދަށް އެކަނިވެސް 23 މިލިއަންއަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިޥާއިރު އެއީ އަޅުގަޑުމެން ކުރި ދިރާސާއަށް ބަލާއިރު މުޅި ޕްރޮޖެކުޓު ނިންމާލެވޭ ވަރު އަދަދެއް. ނަމަވެސް މިހާތަނަށް އައިއިރު މުޅި ޕްރޮޖެކުޓަށް 49 މިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު ޕްރޮޖެކުޓުގެ ނިމިފައިވަނީ 70 އިން ސައްތަ. އެހެންކަމުން މި ސްޓާފުންތަކެއް މިގޮތަށް ލައިގެން ޕްރޮޖެކުޓޫ ނިންމަން 150 މިލިއަނެއްހާ ރުފިޔާ އަރާނެ. އެހެންކަމުން އެވަރު ބޮޑު ގެއްލުމަކާ އެކު ކުރިއަށް ގެންދަން އުނދަގުލީ.

ފެނަކަ އެމްޑީ މުއާޒު

މުއާޒު ވަނީ ގޮތުގައި ކޮންޓްރެކްޓު ހަމަވެގެން ފެނަކައިން 904 މުވައްޒަފުން ދޫކޮށްލަން ޖެހުނުކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ވެސް 5.3 މިލިއަން ރުފިޔާ ސަލާމަތް ކުރެވުނުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފެނަކަ ކުންފުނީގެ ދަރަނި އިންތިހާއަށް އިތުރުވެފައިވާއިރު، މުވައްޒަފުންގެ މުސާރައިގެ ގޮތުގައި އެކަނިވެސް 79 މިލިއަން ރުފިޔާ ހޭދަކުރަން ޖެހޭކަމަށް އެ ކުންފުނިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

މުއާޒު ކުންފުންޏާއި ހަވާލުވުމަށްފަހު، ވަނީ ކޮންޓްރެކްޓް ހަމަވެފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓް އާކުރުމުގެ އުސޫލަށް ބަދަލުގެނެސްފަ އެވެ. އެގޮތުން މަސައްކަތެއް ނެތް ކޮންޓްރެކްޓު މުވައްޒަފުންގެ މުސާރަ އާކޮށްނުދިނުމަށް މުއާޒު ވަނީ ނިންމަވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved