March 10, 2026
Advertisement
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ޕީއެންސީ ޖަގަހައެއްގައި ހުޅުޖެހިކަމަށް ބުނެ މީހަކު ހައްޔަރުކޮށްފި

Azhan Ibrahim
އަޒްހާން އިބްރާހިމް
Apr 27, 2024, 02:46 AM
މާލެ ސިޓީ

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ކެމްޕެއިން އޮފީހެއްގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

Advertisement

އެގޮތުން މިއަދު ހައްޔަރު ކުރީ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ މީހެކެވެ. ފުލުހުން ބުނި ގޮތުގައި ހައްޔަރު ކުރީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކުރީ މިއަދު 14:55 ގައި ކަމަށާއި، ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހުޅުޖެހިކަމަށްވަނީ ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގަ އެވެ. އަދި އެއީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށި ދެކުނު ދާއިރާއަށް ޕީއެންސީން ވާދަކުރެއްވި ފަރުހަތު މުހައްމަދަށް ކެމްޕެއިން ކުރުމަށް ހެދި ޖަގަހައެއްކަމަށް މައުލޫމާތު ލިބެ އެވެ.

ފަރުހަތު ވާދަކުރެއްވީ އެމްޑީޕީ ކެނޑިޑޭޓު އަލީ ވަހީދު އާއެވެ. އިންތިހާބުން ފަރުހަތު މޮޅުވީ 92 ވޯޓުގެ ތަފާތަކުންނެވެ.

އިންތިހާބު ނިމުމާއި ގުޅިގެން ޕީއެންސީގެ މެމްބަރުން ހުށަހަޅާފައިވާ މިފަދަ މައްސަލަތަކަށް ފުލުހުން ދަނީ ފިޔަވަޅު އަޅަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved