March 20, 2026
Advertisement
މިނިސްޓަރ ފައިޞަލްއަށް ވުރެ ބާރުގަދަ އެހެން ވަޒީރެއް ނުހުންނާނެ: ޢަބްދުއްރަޙީމް
މިނިސްޓަރ ފައިޞަލްއަށް ވުރެ ބާރުގަދަ އެހެން ވަޒީރެއް ނުހުންނާނެ: ޢަބްދުއްރަޙީމް / ރައީސް އޮފިސް

މިނިސްޓަރ ފައިޞަލްއަށް ވުރެ ބާރުގަދަ އެހެން ވަޒީރެއް ނުހުންނާނެ: ޢަބްދުއްރަޙީމް

Aminath Zara
އައިމިނަތު ޒާރާ
Apr 27, 2024, 05:12 PM
މާލެ ސިޓީ

ޓުއަރިޒަމް މިނިސްޓަރ އިބްރާހީމް ފައިޞަލް އަށް ވުރެ ބާރުގަދަ އެހެން ވަޒީރެއް މި ސަރުކާރުގެ ކެބިނެޓްގައި ނުހުންނަވާނެ ކަމަށް ލ.ފޮނަދޫ ދާއިރާއަށް ހޮވިވަޑައިގެންނެވި ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

Advertisement

ޢަބްދުއްރަޙީމް މިހެން ވިދާޅުވެފައިވަނީ މަޖިލިސި އިންތިޚާބުގައި ޕީ.އެން.ސީ އަށް ލ.އަތޮޅުން ލިބިފައިވާ ކާމިޔާބު ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އޭނާ އިތުރަށް ވިދާޅުވީ ހައްދުންމަތީގެ ސިޔާސީގެ ތާރީޚް ރައީސް މުޢިއްޒު ބަދަލުކޮށްދެއްވައިފިކަމަށާއި، ރާއްޖޭގެ ތާރީޚުގައި މީގެ ކުރިން ސަރުކާރުގެ މަތީ ފަނޑީގައި ހައްދުންމަތީގެ ދަރިއެއް ހިމެނިފައިނުވާކަމަށެވެ. ނަމަވެސް މުޢިއްޒު ވެރިކަމަށް އައިސް އެކުލަވާލި ކެބިނެޓުގައި އެންމެ ބާރުގަދަ ވަޒީރުންނަކީ ހައްދުންމަތީގެ ދެ ދަރިންކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އެއީ ޓުއަރިޒަމް މިނިސްޓަރާއި، ފިނޭންސް މިނިސްޓަރ ޑރ މުޙައްމަދު ޝަފީގެވެ. އެހެންކަމުން މި ސަރުކާރު ދެމެހެއްޓުމަކީ ފޮނަދޫ ރައްޔިތުންގެ ވާޖިބެއްކަމަށް ޢަބްދުއްރަޙީމް ވަނީ ރޭ ގޮވާލާފައެވެ.

މި ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރަކީ އޭނާގެ ދަރިފުޅު އިބްރާހީމް ފައިޞަލް ކަމަށް ބުނާއިރު، ވަޒީރުކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރު ބައިވެރިވެފައިވާ ރާއްޖެއިން ބޭރުގެ އެކި ފޯރަމްތަކުގައި މިނިސްޓަރު ދައްކަވަމުންދާ ވާހަކަތަކުގެ ސަބަބުން ދިވެހިރާއްޖެ ރަނގަޅަށްވެސް ބަދުނާމު ވެގެން ގޮސްފައިވާކަން ހާމަވެފައިވެއެވެ.

އަދި އެންމެ ފަހުން ބޭއްވުނު ޔޫ.އެންގެ އާންމު މަޖިލީހުގައި މިނސްޓަރުގެ އިނގިރޭސި ފެންވަރު ރަނގަޅަށް ހާމަވެ މުޅި ރާއްޖެ ލަދުގަންނުވާލާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved