April 22, 2026
Advertisement
ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލް / އަވަސް

ޗިކަންގުންޔާ ފެތުރޭ އަދަދު އިތުރުވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Apr 27, 2024, 06:38 PM
މާލެ ސިޓީ

ރާއްޖޭގައި ހަލުވި ކަމާއެކު ޗިކުންގުންޔާ ފެތުރި މިމަހު އެކަނި ވެސް މާލެ ސަރަހައްދުން 59 މީހުން އެ ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.

Advertisement

ޗިކުންގުންޔާގެ އަލާމާތްތައް:

  • 39 ޑިގްރީ ސެލްސިއަސްއަށް ހުން ގަދަވުން
  • ބޮލުގަ އަދި ގައިގައި ގަދައަށް ރިއްސުން
  • ހުޅުހުޅުގައި ރިއްސުން
  • ބަނޑުގައި ރިއްސުމާއި މޭނުބައިކޮށް ހޮޑުލެވުން
  • ގައިގައި ރަތް ބިހިތަކެއް (ރޭޝް) ނެގުން

މި ބައްޔަށް ގޭގައި ފަރުވާ ދިނުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:

ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި އަރާމުކުރުން.

ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރުން އަދި ހުމާއި ގައިގައި ރިއްސުމުގެ އަލާމާތްތައްތަކަށް ޕެނަޑޯލް ނުވަތަ ޕެރަސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުން ހިމެނެ އެވެ.

އަދި ތިން ދުވަހާއި ހަތް ދުވަހަށްވުރެ ގިނަ ދުވަހުގެ ހުން އަންނަ ނަމަ ނުވަތަ ހުޅު ދުޅަވެ ރިއްސާނަމަ ސިއްހީ ފަރުވާ ހޯދުން މުހިންމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved