March 21, 2026
Advertisement
އަދުރޭ
އަދުރޭ / ތޭރަ އޮންލައިން

މަޖިލިސް ފަސާދަކުރުމަށް އަދުރޭ މަޖިލީހުގެ ރައީސް ކަމަށް ލާނެކަމުގެ އިޝާރާތެއް!

Apr 27, 2024, 08:51 PM
މާލެ ސިޓީ

ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މެމްބަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް މުޝީރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެެއް ދެއްވައިފިއެވެ.

Advertisement

ފައިސާއާއި ތެލި ސެޓު ބަހައިގެން ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބުވުމުން ފޮނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އަދުރޭ ވިދާޅުވީ ލަހެއް ނުވެ ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމަށެވެ.

މިހެން ވިދާޅުވެ ވަނީ އޭނާ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.

ޕީއެންސީގެ ސުޕާރ މެޖޯރިޓީ އޮންނަ މަޖިލީހުގައި އެކަން ވެގެންދާނީ އަދުރޭ އަށް ފަސޭހަކަމެއްގެ ގޮތުގައެވެ.

އަދުރޭ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތި ލައިގެން މަޖިލިސް ގެ ރައީސް ކަން އޭނާއަށް ލިބިއްޖެނަމަ މަޖިލިސް ފަސާދަކުރުމުގައި އަވަދިނެތި އުޅުއްވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެގޮތުން ވަގުތީ ގޮތުން ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމަށް އަދުރޭއާ ހަވާލުކުރުމުން ފެނިގެންދިޔައީ ދެ ޕާޓީގެ މެމްބަރުން ބާކީކޮށް ޕާޓީގެ ސެނެޓް ކޮންޓްރޯލް ކުރަމުންދިޔަ މަންޒަރެވެ.

ވެރިކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ހުންނެވިކަމުގައި ވީނަމަވެސް ވެރިކަން ކުރައްވަނީ އަދުރޭ ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved