March 20, 2026
Advertisement
އޮކްސިޖަން ހުސްވެ އިތުރަށް ފަރުވާ ނުދެވި ތ.ތިމަރަފުށީގައި މީހަކު ނިޔާވެއްޖެ
އޮކްސިޖަން ހުސްވެ އިތުރަށް ފަރުވާ ނުދެވި ތ.ތިމަރަފުށީގައި މީހަކު ނިޔާވެއްޖެ / ސޯޝަލް މީޑިއާ

އޮކްސިޖަން ހުސްވެ ތ.ތިމަރަފުށީގައި މީހަކު ނިޔާވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Apr 28, 2024, 05:10 AM
މާލެ ސިޓީ

އޮކްސިޖަން ހުސްވެގެން ފަރުވާ ނުދެވި ތ.ތިމަރަފުށި ހެލްތް ސެންޓަރުގައި މީހަކު ނިޔާވެއްޖެއެވެ.

Advertisement

މިރޭގެ ވަގުތެއްގައި ނިޔާވެފައިވަނީ ތ.ކިނބިދޫ 65 އަހަރުން މަތީގެ މީހެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި އަންހެންމީހާ ފުއްޕާމޭގެ މައްސަލަޖެހި ނޭވާލުމަށް އުނދަގޫވެ ވޭމަންޑޫ ހޮސްޕިޓަލްގައި 03 ދުވަސް ވަންދެން އޮކްސިޖަންގ ގައި ބާއްވާފައި އޮތް ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ބަލި މީހާ މަރުވެފައިވަނީ ވޭމަންޑޫ ހޮސްޕިޓަލް އިން ގުޅާފައި ހުރި އޮކްސިޖަން ފުޅީގައި މައްސަލަ ޖެހިގެން ތިމަރަފުށީ ހެލްތް ސެންޓަރ އިން ބޭނުންކުރި އޮކްސިޖަން ފުޅީގެ ގޭސް ހުސްވެގެން އެއާޕޯޓަށް އެމްބިއުލާންސްގައި ދިޔަ މަގުމަތީގައެވެ.

ތިމަރަފުށި ހެލްތް ސެންޓަރަށް ޙާލު ބޮޑުވެ މާލެއަށް ގެންދިޔުމަށް ބަލިމީހާ ގެނެސްފައިވަނީ މިރޭ 08 ޖެހި އިރު ކަމަށް ތިމަރަފުށިން މަޢުލޫމާތު ހިއްސާކުރި ފަރާތުން ހާމަކޮށްފައިވެއެވެ. ޙާލު ބޮޑު ބަލިމީހެއް ގެންނަ ކަން ތިމަރަފުށި ހެލްތް ސެންޓަރ ޙަވާލުވެގެން ހުރި ތ.ތިމަރަފުށި / އަސްރަފީގެ، އަޙްމަދު ނަސީރަށް އެގި ހުރެ، އޭނާ ވަނީ މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ވޭމަންޑޫގައި އޮތް ހަވާ އެރުވުމުގެ އިވެންޓަށް ގޮސްފައެވެ. އަހްމަދު ނަސީރު މި ކޭސްއަށް އެޓެންޑް ވި އިރު 21:30 ވެއްޖެ ކަމަށް މަޢުލޫމާތު ލިބެއެވެ. ރައްޔިތުންގެ ޚިދުމަތްކުރުމުގައި ޒިންމާދާރު މަޤާމެއް ޙަވާލުވެގެން ހުރި ފަރާތެއް ޙާލުބޮޑު ބަލިމީހެއްގެ ފަރުވާއަށް ގަސްތުގައި ވަނީ އިޙުމާލުވެފައެވެ.

ރައްޔިތުންނަށް ކަށަވަރު ކޮށްދޭނެ ކަމަށް ސަރުކާރުން ކެނޑިނޭޅި ބުނަމުންދާ ތަރައްޤީ އާއި ހަލުވި ސްޕީޑަކީ މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތް ކުރުން ނޫންކަން މިއަދު ސާފެވެ. ސަރުކާރު ހޭބޯނާރާ ހަވާ އެރުވުމުގައި އަވަދިނެތި އުޅޭ އިރު ރައްޔިތުންގެ ހާލު އިހުސާސްވާ ކަމާއިމެދު ޝައްކެވެ.

ކޮމެންޓު
ކޮމެންޓްތައު
MH
Apr 29, 2024, 06:59 AM
Thiya beyfulhaage mahchah dauvaa kuran alhugadah feney dauvaa kuranvee ves gasthugaa meehaku maraali kamuge dauvaa eyrun devana faharu thakuraaru nuvaanee
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved